Advertisement

އެމްއައިބީގެ ފުރަތަމަ ހަ މަހުގެ ސާފު ފައިދާ 23 އިންސައްތަ މައްޗަށް ޖެހިލައިފި

03 Aug 2026 | 14:12
-

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި 225 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ބޭންކަށް ފައިދާވީ 183 މިލިއަން ރުފިޔާ ކަމަށްވާތީ މި އަހަރު 41 މިލިއަން ރުފިޔާގެ ކުރިއެރުމެއް ވަނީ ހޯދައިފައެވެ. އެއީ އިންސައްތައިން ބަލާ ނަމަ 23 އިންސައްތައިގެ މައްޗަށް ދިޔުމެކެވެ. ހަ މަސް ދުވަހުގެ ޖުމްލަ އާމްދަނީ 554 މިލިއަން ރުފިޔާއަށް އެރި އިރު ކުރީ އަހަރުގެ ހަމަ އެ ދުވަސްވަރު ލިބިފައިވަނީ 419 މިލިއަން ރުފިޔާ ކަމުން އާމްދަނީ 135 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.

Advertisement

ޖޫން މަހުގެ ނިޔަލަށް އެމްއައިބީގެ ޖުމްލަ އެސެޓް 19 ބިލިއަން ރުފިޔާއަށް އުފުލިފައިވާ އިރު މިދިޔަ އަހަރު ނިމުނު ހިސާބުގައި އެ އަދަދު ހުރީ 16 ބިލިއަން ރުފިޔާގައެވެ. ހަމައެހެންމެ ކަސްޓަމަރުންގެ ޑިޕޮސިޓް ވެސް ފާހަގަކޮށްލެވޭ މިންވަރަކަށް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު ނިމުނު އިރު 13 ބިލިއަން ރުފިޔާގައި ހުރި ޑިޕޮސިޓް މިހާރު ވަނީ 16 ބިލިއަން ރުފިޔާއަށް އަރައި ހަ މަސް ދުވަހުގެ ތެރޭގައި ތިން ބިލިއަން ރުފިޔާ އިތުރުވެފައެވެ.

މިދިޔަ އަހަރުގެ ޖުމްލަ ނަތީޖާއަށް ބަލާ އިރު އެ ބޭންކަށް މުޅި އަހަރު ފައިދާގެ ގޮތުގައި 375 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ އޭގެ ކުރީ އަހަރާ އަޅާބަލާ ނަމަ 35 އިންސައްތައިގެ ކުރިއެރުމެކެވެ.

Advertisement

ކޮމެންޓް