Advertisement

މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކޮށް، ޓްރެފިކް ކުރާ ކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި އަންހެނަކާއި ފިރިހެނެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

02 Aug 2026 | 21:23
-

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކޮށް، ޓްރެފިކް ކުރާ ކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކޮށްފައިވާ ފިރިހެނަކާއި އަންހެނެއްގެ ބަންދުގެ މުއްދަތު 16 ދުވަހަށް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަން ބަންދު އަމުރުން އެނގިއްޖެއެވެ.

ބަންދު އިތުރުކޮށްފައި ވަނީ މއ. ޑަންކަހައުސް، ކ. މާލެ، މުޙައްމަދު ޒިޔާން ސިއްދީޤު، 33 އަހަރާއި، ހ. މާދަނޑު، ކ. މާލެ، އާމިނަތު ރިސާލާ، 28 އަހަރެވެ. ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ 18 އޮގަސްޓް 2026 ގައެވެ.

Advertisement

ބަންދު އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތި ތަޙުލީލުކުރިއިރު، 35 ގްރާމަށް ވުރެ ގިނައިން މޯފިން ހިމެނޭ އިރު، 50 ގްރާމަށް ވުރެ ގިނައިން ޓެޓްރާހައިޑްރޯކެނަބިނޯލް (ޓީއެޗްސީ) އަދި 12 ގްރާމަށް ވުރެ ގިނައިން ކެޓަމީން ފެނިފައިވެއެވެ.

ދެ މީހުންނާ ދެކޮޅަށް ހެކީގެ ގޮތުގައި ހުށަހެޅިފައި ވަނީ އިންޓެލިޖެންސް ރިޕޯޓާއި، ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، ކުޑަކުމާދަތެކީތެގެ ތަޙުލީލް ރިޕޯޓާއި، ސީންގެ ފޮޓޯ ރިޕޯޓާއި، މަސްތުވާތެކީތެގެ ތަޙުލީލް ރިޕޯޓާއި، ހެކިވެރިންގެ ބަޔާނެވެ.

ރިސާލާގެ ބަންދު އަމުރުގައި ޤާޟީ ފާހަގަކުރައްވާފައިވާ ގޮތުގައި ރިސާލާ ބުނެފައި ވަނީ މަސްތުވާތަކެތި ބޭނުންނުކުރާ ކަމަށެވެ. ނަމަވެސް ފެނުނު ތަކެއްޗާ ރިސާލާއާ ގުޅުން ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. ޒިޔާންގެ ބަންދު އަމުރުގައި ވެސް މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މި ދެ އަމުރު ވެސް ނެރުއްވީ ކްރިމިނަލް ކޯޓުގެ ޤާޟީ އަޙްމަދު ޝާފިޢުއެވެ.

Advertisement

ކޮމެންޓް