Advertisement

އާންމު އުނދަގޫކުރާކަމުގެ ތުހުމަތުގައި ދިވެހި އަންހެނަކު 15 ދުވަހަށް ބަންދު

01 Aug 2026 | 20:30
-

އާންމު އުނދަގޫކުރުމުގެ ތުހުމަތުގައި ދިވެހި އަންހެނަކު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ.

ބަންދުކޮށްފައިވަނީ ރ. އިންނަމާދޫ، އަސްމާ މަންޒިލް، ޢާއިޝަތު ނިޢުމާ، 33 އަހަރެވެ.

Advertisement

ބަންދު އަމުރުގައިވާ ގޮތުން ނިޢުމާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރެއްގެ ހެކި ވަނީ ހުށަހަޅައިފައެވެ. އެގޮތުން ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓް ހުށަހަޅައިފައިވެއެވެ.

ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ 15 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނިޢުމާ ވަނީ ތުހުމަތަށް އިންކާރުކޮށްފައެވެ.

Advertisement

ކޮމެންޓް