ޙަމާސް އިން ފުރަތަމަ ފަހަރަށް ހަތިޔާރު ބެހެއްޓުމަށް އެއްބަސްވެއްޖެ
އިސްތިއުމާރީ އިޒްރޭލުން ޣައްޒާގެ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރާ ނަމަ ހަތިޔާރު ބެހެއްޓުމަށް ތައްޔާރަށް ތިބި ކަމަށް ޙަމާސުން ފުރަތަމަ ފަހަރަށް ބުނެފިއެވެ.
މިއީ ޙަމާސް އިން މިފަދަ ޝަރުތެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. ޙަމާސް އިން ބުނީ ހަތިޔާރު ބެހެއްޓުމުގެ ޝަރުތަކީ އިޒްރޭލުން ޣައްޒާގެ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރުން ކަމަށެވެ.
މި ޚަބަރު އައިސްފައި ވަނީ އެމެރިކާއާއި އީރާނާ ދެމެދު ސީދާ މަޝްވަރާތައް ކުރިއަށް ގެންދިޔުމުގެ މާ ބޮޑު ނިޝާންތަކެއް ނުފެންނަ ދަނޑިވަޅެއްގައެވެ. ޓްރަމްޕަށް ކުރިއަށް ދާންވީ މަގާ ގުޅޭ ގޮތުން ތަފާތު ފަރާތްތަކުގެ ލަފާ ލިބެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުޢާންމުގައި އެތައް ހާސް ފަލަސްޠީނު ރައްޔިތުންނެއް ޝަހީދުވެ، އެތައް ބައެއް ގެދޮރު ގެއްލިފައިވެއެވެ.