Advertisement

ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

30 Jul 2026 | 11:40
-

ހުޅުމާލެ ފޭސް 1 އެފްޑަބްލިޔު ރެސިޑެންސް ކައިރިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ އޮތް ވޮލެޓެއް ފޭރުނު މައްސަލައިގައި ގދ. ވާދޫ، އަތަމާގެ، ޢިޖާޒު ނަޞީރު (40 އަހަރު) ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގީ ޖުލައި 26 ވަނަ ދުވަހުގެ ރޭ 11:25 އެހައިކަންހާއިރު، ސައިކަލެއްގައި ދިޔަ ދެ މީހަކު ބައިސްކަލެއްގައި ދިޔަ ބިދޭސީ މީހާގެ ވޮލެޓު ފޭރިގެންނެވެ. މައްސަލަ ހުށަހެޅުމާ އެކު ހުޅުމާލެ ރެސްޕޮންސް އެންޑް ޕެޓްރޯލާއި އިންވެސްޓިގޭޝަން ގުޅިގެން ސީސީޓީވީ ފުޓޭޖް ބެލި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މަސައްކަތުން ހަމަ އެ ރޭ 12:30 އެހައިކަންހާއިރު ތުހުމަތުކުރެވޭ މީހުން ދުއްވި ސައިކަލު ހޯދައި، ޢިޖާޒު ހައްޔަރުކޮށްފައިވެއެވެ.

Advertisement

މައްސަލައިގައި ތުހުމަތުކުރެވޭ ދެ ވަނަ މީހާ ޖުލައި 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ނަމަވެސް، އެ މީހާ މިހާރު ވަނީ ބަންދުން ދޫކޮށްލައިފައެވެ.

ޢިޖާޒުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފޭރުނު ވޮލެޓާއި 10،000 ރުފިޔާ ފުލުހުން ވަނީ ހޯދައިފައެވެ.

Advertisement

ކޮމެންޓް