Advertisement

އިންޑިއާގައި ޒުވާނުންގެ މުޒާހަރާތައް ހިނގަމުންދާ ދަނޑިވަޅުގައި މާރިޔާ ރާއްޖޭގެ ތަޖުރިބާ އިންޑިއާ ނޫހަކާ ހިއްސާކޮށްފި

29 Jul 2026 | 19:35
-

ރާއްޖޭގެ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، އިންޑިއާގެ ނޫސްވެރިޔާ އަނީޝް ކުމާރަށް ދެއްވި އިންޓަވިއުއެއްގައި "އިންޑިއާ އައުޓް" ކެމްޕެއިނާއި ޒުވާނުންގެ މުޒާހަރާތަކާ ގުޅޭ ގޮތުން ރާއްޖޭގެ ތަޖުރިބާ ހިއްސާކުރައްވައިފިއެވެ.

މާރިޔާ ވިދާޅުވީ ޒުވާނުން މަގުމައްޗަށް ނުކުތީ އިގުތިސާދީ ފުރުސަތު މަދުވެ، ކޮރަޕްޝަނާ މެދު ކަންބޮޑުވެ، ސިޔާސީ މުއައްސަސާތައް ރައްޔިތުންގެ ޝަކުވާތަކަށް އިޖާބަ ނުދޭތީ ކަމަށެވެ. ސޮވެރިންޓީ އާ ގުޅޭ ހަގީގީ ކަންބޮޑުވުންތައް ހުރި ނަމަވެސް، އެ ކަންބޮޑުވުންތައް ސިޔާސީ ގޮތުން ނެޝަނަލިސްޓް ރެޓޮރިކުން ބޮޑުކޮށް ދެއްކީ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ޒުވާނުންގެ ހިތްހަމަނުޖެހުންތައް ސަރުކާރަށް ދެނެނުގަނެވުނީތޯ ސުވާލުކުރެއްވުމުން މާރިޔާ ވިދާޅުވީ "ވެދާނެ" ކަމަށެވެ. ޒުވާނުންގެ އިގުތިސާދީ ފިއްތުންތަކާއި ގަވަނެންސާ ގުޅޭ ކަންބޮޑުވުންތަކުގެ ފުންމިން ސަރުކާރަށް ރަނގަޅަށް ދެނެނުގަނެވި، ޒުވާނުންނާ މާނަ ހުރި ގޮތެއްގައި ގުޅުން ނުބެހެއްޓުނީ ކަމަށް ވިދާޅުވިއެވެ.

ބޭރުގެ ފަރާތްތަކުގެ ނުފޫޒާ ގުޅޭ ގޮތުން މާރިޔާ ވިދާޅުވީ ފައިސާ އާއި މީޑިއާ އާއި ޑިޕްލޮމެޓިކް ޕްރެޝަރުން ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް ގިނަ ފަހަރު އަސްލު މައްސަލަތަކަކީ ދާހިލީ ކަންކަން ކަމަށާއި ބޭރުގެ ބައި މާ ބޮޑުކޮށް ދެއްކުން ރަނގަޅު ނޫން ކަމަށް ވިދާޅުވިއެވެ.

މާރިޔާ މި އިންޓަވިއު ދެއްވީ އިންޑިއާގައި "ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ނަމުގައި ޒުވާނުންގެ ބޮޑު ހަރަކާތެއް ހިނގައި، ނީޓް އިމްތިހާނު ޕޭޕަރު ލީކުވި މައްސަލައިގައި ތައުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ޖުލައި 25 ގައި އިސްތީފާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

Advertisement

ކޮމެންޓް