Advertisement

މަސްތުވާތަކެއްޗާއެކު އިންޑިއާގެ ރައްޔިތަކު ރާއްޖެއިން ހައްޔަރު — އޭނާ ބުނީ އެއީ ހަޖަމު ބޭހެއް ކަމަށް

29 Jul 2026 | 19:11
-

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރި ކަމުގެ ތުހުމަތުގައި އިންޑިއާ ރައްޔިތަކު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ބަންދު އަމުރުން އެނގިއްޖެއެވެ.

ބަންދުކޮށްފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 30 އަހަރުގެ ސޫރަޖް ކަރްވާރެވެ. އޭނާ ބަންދުކުރީ މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލުގައެވެ.

Advertisement

ބަންދު އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅައިފައިވެއެވެ. އޭނާގެ ކުޑަކަމުދާތަކެތި ޓީއެޗްސީއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އޭނާގެ އަތުން ފެނުނު ތަކެއްޗަކީ ޓެޓްރަހައިޑްރޯ ކެނެބިނޯލް އާއި ކެނެބިނޯލް އަށް ދައްކާ 403.8261 ގްރާމުގެ ތަކެތި ކަމަށް ވެސް ބަންދު އަމުރުގައިވެއެވެ.

އޭނާގެ ދިފާއުގައި ބުނެފައި ވަނީ އޭނާ އެތެރެކުރި ތަކެއްޗަކީ އިންޑިއާގައި ހުއްދަ އެއްޗެއް ކަމަށާއި، އެއީ ހަޖަމުކުރުމަށް އަދި ނިދުމަށް ފަސޭހަކޮށްދޭ އެއްޗެއް ކަމަށެވެ. އެއީ މަސްތުވާ އެއްޗެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި ދައުވާ ކުރެވިދާނެ ކަމަށް ވެސް ގަބޫލުނުކުރާ ކަމަށް އޭނާގެ ފަރާތުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް