ގެއްލުނު ޒުވާނާ ހެޔޮ ހާލުގައި ފެނިއްޖެ
ރޭ ދަންވަރުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ލ. ގަމު ތުނޑީގެ 20 އަހަރުގެ އަމްޖާޒް އަލީ ހެޔޮ ހާލުގައި ފެނިއްޖެއެވެ.
ގަމު ކައުންސިލުން ބުނީ ކުރިބޯށީގައި ދިރިއުޅޭ އަމްޖާޒް ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެ ކައުންސިލުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އަމްޖާޒްގެ ހަބަރެއް އެންމެ ފަހުން ލިބިފައިވަނީ ރޭ ދަންވަރު 12:00 ހާއިރު ކަމަށް ކައުންސިލުން ކުރިން ހާމަކޮށްފައިވެއެވެ. އާއިލާއިން ބުނެފައިވާ ގޮތުގައި ދަންވަރު ދޭއް ޖެހި ފަހުން ފޯނަށް ގުޅުމުންވެސް ޖަވާބެއް ނުލިބުނެވެ.