Advertisement

އީރާނުން އެމެރިކާ ސިފައިންނަށް ސަޕްރައިޒް ހަމަލައެއް ދީފި

29 Jul 2026 | 13:02
-

އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން (އައިއާރުޖީސީ) މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންނާ ދިމާއަށް ގިނަ ބެލިސްޓިކް މިސައިލް ފޮނުވައި، "ސަޕްރައިޒް ހަމަލައެއް" ދީފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފިއެވެ.

އެމެރިކާ ގަޑިން އަންގާރަ ދުވަހު ހަވީރު 5:45 ގައި (ރާއްޖެ ގަޑިން ބުދަ ދުވަހު ދަންވަރު 2:45 ގައި) ދިން މި ހަމަލާ އަމާޒުކުރީ އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ސެންޓްކޮމުން ބުނީ ހުރިހާ މިސައިލެއް ކާމިޔާބުކަމާ އެކު ހުއްޓުވައިފައިވާ ކަމަށެވެ.

Advertisement

މިއީ ޓްރަމްޕް ހުކުރު ދުވަހު އީރާނަށް ދެމުން ގެންދިޔަ ވައިގެ ހަމަލާތައް ހުއްޓައިލީ ފަހުން، ޑިޕްލޮމެސީއަށް ޖާގަ ދިނުމުގެ ގޮތުން ގެނައި މަޑުޖެހުމަށް ފަހު، އީރާނުން އެމެރިކާ ބޭހަކަށް ބެލިސްޓިކް މިސައިލް ހަމަލާ ދިން ފުރަތަމަ ފަހަރެވެ.

ހަމަލާގެ ގަޑިއިރުތަކެއް ކުރިން، އިޒްރޭލުގެ ބޮޑުވަޒީރު ނެތަންޔާހޫ ވައިޓް ހައުސްގައި ޓްރަމްޕާ ބައްދަލުކޮށް، ގާތްގަނޑަކަށް 90 މިނެޓުގެ މަޝްވަރާއެއް ބާއްވައިފައިވެއެވެ. އެ ބައްދަލުވުމުގައި އީރާނާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެ ހަފުތާއަށް ވުރެ ގިނަ ދުވަހު ޖެހިޖެހިގެން 13 ރޭ އެމެރިކާއިން އީރާނަށް ވައިގެ ހަމަލާ ދީފައިވެއެވެ. ހޮރްމުޒް ކަނޑުއޮޅީގައި ދަތުރުކުރާ ބޯޓުފަހަރަށް ދޭ ހަމަލާތައް ހުއްޓުވުމުގެ ބޭނުމުގައެވެ. ކޮންމެ ފަހަރަކުހެން އީރާނުން ވެސް ގަލްފުގެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންނަށް ރައްދު ހަމަލާ ދީފައިވެއެވެ.

Advertisement

ކޮމެންޓް