Advertisement

"ބިޔޯން އަގެއިން"ގެ ޝޯ ކެންސަލް ކުރަން އެންގި ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

29 Jul 2026 | 11:30
ބޭންޑުގެ ޕޯސްޓަރެއް --

އޮސްޓްރޭލިއާގެ މަޝްހޫރު މިއުޒިކް ބޭންޑު "ބިޔޯން އަގެއިން" ރާއްޖޭގައި ދޭން ހަމަޖެހިފައިވާ ޝޯ ކެންސަލް ކުރަން ސަރުކާރުން އެންގި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި އެވެ.

މި ޝޯ ބާއްވަން ހަމަޖައްސާފައި އޮތީ މިރޭ ސޯޝަލް ސެންޓަރުގައި އެވެ. މި ޝޯ ރާއްޖޭގައި ބާއްވަނީ އުބާ އިވެންޓްސްގެ ފަރާތުންނެވެ.

Advertisement

ޔޫތް މިނިސްޓްރީން ބުނީ ސަރުކާރުން ޝޯ ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ. މިނިސްޓްރީން ބުނީ އެ އިދާރާއިން އެދުނީ މިހާރު ޝޯ ބާއްވަން ހަމަޖެހިފައިވާ ތަން އެހެން ތަނަކަށް ބަދަލުކޮށްދޭން ކަމަށެވެ.

އަދި، އެކަމުގައި އެހީތެރިވެދޭނެކަމުގެ ޔަޤީންކަންވެސް އިންތިޒާމް ކުރާ ފަރާތަށް އަރުވާފައިވާނެ ކަމަށް ބުނެފައިވެ އެވެ.

އެގޮތަށް އެންގީ ސޯޝަލް ސެންޓަރުގެ، ސްޓޭޖުގެ ފުރާޅު ހިމެނޭގޮތަށް، އިންޑޯ ހޯލުގައި ވަގުތުން ކުރަން ހުރި ބޮޑެތި މަރާމާތުތަކެއް ހުރުމުން ކަމަށެވެ.

މިކަމާއި ގުޅިގެން މިރޭ ބާއްވަން ހަމަޖެހިފައިވާ ޝޯގެ ކަންކަން ހަމަޖެއްސި ގޮތެއް އަދި އެ ކުންފުނިން ހާމައެއް ނުކުރެ އެވެ. އެ ބޭންޑު ރާއްޖެ އަންނަގޮތަށް ހަމަޖެހިފައި އޮތީ ރޭގެ ވަގުތެއްގައި އެވެ.

އެކަމަކު ޝޯ ކެންސަލް ކުރިކަން ހާމައެއް ނުކުރެ އެވެ.

"ބިޔޯން އަގެއިން" ބޭންޑަކީ 1970 ގެ އަހަރުތަކުގެ ތެރޭ މަޝްހޫރުވި ސްވިޑެންގެ "އެބާ" ބޭންޑުގެ ލަވަތައް ކަވަރުކުރާ ޓްރިބިއުޓް ބޭންޑެކެވެ. އެ ބޭންޑުން ވަނީ ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ 72 ގައުމެއްގައި 5،300 އަށްވުރެ ގިނަ ޝޯ ދީފަ އެވެ. 

Advertisement

ކޮމެންޓް