Advertisement

އައްޑޫ ފެނަކައިގެ ކުރީގެ ވެރިންގެ ނުހައްގު މުއްސަނދިކަމަށް ވަކި ތަހުގީގެއް ހިންގަން މަޖިލީހުން އަންގައިފި

28 Jul 2026 | 15:03
ފެނަކައިގެ މުވައްޒަފުންތަކެއް --

ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ސިޓީ ބްރާންޗުގެ ކުރީގެ ވެރިންނާއި އެ މީހުންގެ ޢާއިލީ ފަރާތްތައް ނުޙައްޤުން މުއްސަނދިވީތޯ ބެލުމަށް ވަކި ތަހުގީގެއް ފެށުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފުލުހުންނަށް އަންގައިފިއެވެ.

މި ތަހުގީގު ކުރިޔަށް ގެންދަން އެންގީ 2021 އިން 2023 އަށް ހިންގި ހަތަރު މަޝްރޫޢެއްގައި ފައިސާއަށް ޚިޔާނާތްތެރިވެ މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތާއި ގުޅިގެންނެވެ. މި ނިންމުން އައީ އެ ހަތަރު މަޝްރޫޢާ ގުޅޭ ޚާއްޞަ އޮޑިޓް ރިޕޯޓާ މެދު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓު މިއަދުގެ ޖަލްސާގައި ފާސްކުރުމާ ގުޅިގެންނެވެ.

Advertisement

ކޮމެޓީގެ ބައްދަލުވުމުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންވެސް ވޯޓު ދެއްވީ އެކަން ތަހުގީގު ކުރަން އަނގާށެވެ.

ކޮމިޓީގެ ރިޕޯޓުގައި ހިމެނޭ ހުށަހެޅުންތަކުގެ ތެރެއިން ޚިޔާނާތްވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުން ހިމެނެ އެވެ. އަދި ކުރީގެ ވެރިންނާއި އެ ފަރާތްތަކުގެ ޢާއިލީ މެންބަރުންގެ ބޭންކް އެކައުންޓްތަކަށް މުސާރައާ ނުބައްދަލު ޢަދަދުތަކެއް ޖަމާވެފައިވޭތޯ ބެލުން ހިމެނެއެވެ.

ހަމައެއާއެކު އޭސީސީން ކުރިއަށް ގެންދާ ތަހުގީގުތައް އަވަހަށް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަރިހުން އެދުމާއި ފެނަކައަށް ޙަޤީޤަތުގައި ބޭނުންވާ މުވައްޒަފުންގެ ޢަދަދު ކަނޑައަޅައި 30 ދުވަހުގެ ތެރޭގައި ކުންފުނީގެ އާ އޮނިގަނޑެއް މަޖިލީހަށް ހުށަހެޅުމަށް ވެސް އެ ރިޕޯޓުގައި ލަފާދީފައިވެއެވެ.

އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި ހަތަރު މަޝްރޫޢުގެ ތެރެއިން އެއްވެސް މަސައްކަތެއް ފުރިހަމަ ނުވެ އޮތް އިރު މިދިޔަ އަހަރުގެ ނިޔަލަށް 117 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މަސައްކަތް ނިންމުމަށް އިތުރު 68 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެއެވެ.

އޭގެ އިތުރުން ބޮޑު އަގުގައި ތަކެތި ގަތުމާއި ބޮޑު ކުލީގައި ސާމާނު ނެގުމަށް ފަހު ބޭނުން ނުކޮށް ބެހެއްޓުން ފަދަ ސީރިއަސް މައްސަލަތަކެއް އޮޑިޓުން ފެންމަތިވެފައިވެއެވެ. އަދި މަޝްރޫޢުތައް ފެށުމަށް ބޭނުންވީ 85 މުވައްޒަފުން ކަމަށް ވީ ނަމަވެސް އުސޫލުތަކާ ޚިލާފަށް އިތުރު 273 މުވައްޒަފުން ނަގާފައިވާ ކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް