އައްސާމްގެ ދަގަނޑު އުފައްދާ ކާރުހާނާއެއްގައި އެއްޗެއް ގޮވައި ހަތަރު މީހުން މަރުވެއްޖެ
އިންޑިއާގެ އައްސާމް ސްޓޭޓުގެ ކަޗާރް ޑިސްޓްރިކްޓުގައި ހުންނަ ދަގަނޑު އުފައްދާ ކާރުޚާނާއެއްގައި ބާރުގަދަ އެއްޗެއް ގޮވައި ހަތަރު މީހުން މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގީ މިއަދު ހެނދުނު އެވެ. މި ހާދިސާގައި އެތައް ބަޔަކު ޒަހަމްވި އިރު މަރުވި އެންމެންނަކީ ކާރުހާނާގައި މަސައްކަތް ކުރާ މީހުންނެވެ.
ހާދިސާ ހިނގީ އުދަރުބަންދު ފުލުހުންނާއި ހަވާލަދީ ރިޕޯޓުތައް ބުނާގޮތުގައި މި ގޮވުން ގޮވީ ގޭސްފުޅިއެއް ގޮވައިގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަމަވެސް ގޮވުން ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ކަށަވަރު ނުކުރެވޭ ކަމަށް ބުނެފައިވެއެވެ.
ގޮވުން ހިނގި ވަގުތު ކާރުޚާނާ ތެރޭގައި ގިނަ ޢަދަދެއްގެ މަސައްކަތްތެރިން ތިބި ކަމަށް ބެލެވޭތީ މަރުވި މީހުންގެ ޢަދަދު އިތުރުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. މީހުން ސަލާމަތް ކުރުމުގެ އަދިވެސް ދަނި ކުރިޔަށް ގެންދަމުންނެވެ.
މި ހާދިސާގައި ކާރުހާނާގެ ބައެއް ތަންތަންވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި އެވެ.