Advertisement

ސްކްރީނިން ވަގުތު ގިނަވުމުން ހަށިގަނޑުގެ މުހިންމު މަސައްކަތްތަކަށް ކުރާ ނޭދެވޭ އަސަރު!

26 Jul 2026 | 12:56
ކޮންމެ 30 މިނެޓަކުން ސްކްރީނިން ވަގުތު މެދުކަނޑާލުން މުހިންމު --

ގިނަ އިރު ވަންދެން މެދުނުކެނޑި ސްކްރީނުން އެއްޗެހި ބެލުމަކީ ހަށިގަނޑުގެ ބައެއް މުހިންމު މަސައްކަތްތަކަށް ނޭދެވޭ އަސަރު ފޯރުވައި ނިދުމާއި ފިކުރު ކުރުމާއި ކެއުމުގެ އާދަތަކަށް ބޮޑެތި ބަދަލުތައް ގެނުވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.

އެ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ހުއްޓުމެއް ނެތި ގިނައިރު ސްކްރީނާ ދިމާއަށް ބަލަން އިނުމުން ހަކުރު ކޮންޓްރޯލް ކުރުމާއި ބަނޑުހައިވުމާއި ބަނޑުފުރުން ކޮންޓްރޯލް ކުރާ ހޯމޯންތަކާއި ހަށިގަނޑުގެ ދާޚިލީ ގަޑިއަށް ބުރޫ އަރައެވެ. ހަށިގަނޑު ދުޅަހެޔޮ މީހުންނަށް ވެސް ދިގު ރާސްތާގައި ނުރައްކާ ބޮޑުވާ ކަމަށް އެބުނެފައިވެ އެވެ.

Advertisement

ގިނައިރު އެއް ތަނެއްގައި އިށީނދެ އިނުމަކީ ސިއްޙީ ގޮތުން ފޮރުވިފައިވާ އެންމެ ބޮޑު އެއް ނުރައްކަލެވެ. ގިނައިރު ހަރަކާތެއް ނެތި އިންނައިރު ހަށިގަނޑުގެ މަސްތައް ބޭނުންކުރާ ގުލްކޯޒްގެ މިންވަރު މަދުވެ އެވެ. އެހެންވީމާ ލޭގައި ހަކުރު ގިނައިރު މަތީގައި ހުރެ ކާހިތްވުން ލަސްވެ ފެޓް އެންދުމުގެ ޤާބިލުކަން ދަށްވެ އެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި ގިނައިރު ސްޓްރީމް ކުރުމުން ހަށިގަނޑުގެ ގުނަވަންތަކާއި ބައިތައް ހަރަކާތްތެރިވާ މިންވަރު ދަށްވެ މީހާ ލަސްވާގޮތްވެ އެވެ. އެގޮތުން ލޭ ދައުރުވުން ލަސްވެ މަސްތަކުގައި ވާންކަން އިތުރުވެ ހަށިގަނޑު ކަންނެތް ވައްޓަފާޅިއަކަށް ބަދަލުވެއެވެ.

އެކަމުގެ ސަބަބުން ހިތުގެ ވިންދު ތަފާތުވެ ހަޖަމުކުރުން ލަސްވެ ނާރުތަކުގެ ނިޒާމަށް މާ ބޮޑު ބާރެއް ކުރިމަތިވެ އެވެ. އޭގެ އިތުރުން ރޭގަނޑުގެ އަރާމު ނިދި ހޯދުމަށް ހުރަސް އެޅޭ އިރު މޫޑު ބަދަލުވުމާއި ރުޅިގަދަވުމާއި ސްޓްރެސް ކޮންޓްރޯލް ކުރަން ދަތިވުން އިންސާނާގެ ހަށިގަނޑުން ފެންނަން ފަށައެވެ.

ނިދުމަށް ބުރޫ އެރީމާ ހަށިގަނޑު އިތުރަށް ސްކްރީނަށް ބަރޯސާވާ ބުރެއް އުފެދޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ގިނައިރު ސްކްރީނާ ދިމާއަށް ބެލުމާ ގުޅިގެން ބަރުދަން އިތުރުވުމާއި ޓައިޕް 2 ހަކުރު ބައްޔާއި ކޮލެސްޓްރޯލް މައްޗަށް ދިއުމާއި ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވެ އެވެ.

ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި ސްކްރީނިން ވަގުތު އެއްތަނެއްގައި އިނދެގެން ޓީވީ ނުވަތަ ސްކްރީނުން އެއްޗެހި ބެލުން މުޅިން ހުއްޓައިލާކަށް ނުޖެހެއެވެ. ނަމަވެސް ކުދިކުދި ދެމެހެއްޓެނިވި އާދަތައް ގެންގުޅެގެން ސިއްޙަތަށް ގެއްލުން ނުވާ މުނިފޫހިފިލުވުމެއްގެ ގޮތުގައި ބެލުން ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް