Advertisement

ބޭސް ހުންނަތަން ބަލައިލެވޭ ބޭސް ޕޯޓަލް ސެޕްޓެމްބަރުގައި ލޯންޗުކުރާނަން: ބޭސް ކުންފުނި

23 Jul 2026 | 22:06
-

ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި، އެ ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނެ ޚާއްޞަ ޕޯޓަލެއް އަންނަ ސެޕްޓެމްބަރުގައި ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓޭޓް ފާމާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ޕޯޓަލް ފަރުމާކޮށްފައިވަނީ ކޮންމެ ތާކު ހުރެގެން ވެސް ބޭނުންވާ ބޭސް ލިބެން ހުންނަ ފާމަސީ އާއި އެ ބޭހުގެ އަގު ބަލައިލެވޭ ގޮތަށް ކަމަށެވެ.

Advertisement

އެ ކުންފުނިން ބުނީ، ބޭސް ލިބެން ހުންނަ ފާމަސީތައް ނޭނގުމަކީ ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ ކަމެއް ކަމަށާއި، މި ޕޯޓަލް އަކީ ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ދެނެގަނެ، އެ ކަންކަމަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ.

Advertisement

ކޮމެންޓް
ސައްލި
ބިއްލޫރި ޓަނަލް ހެދި ގޮތަށް ނަހަދާތި
24 Jul 2026