Advertisement

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ނިޔާޒް މަގާމުން ވަކިކޮށްފި

23 Jul 2026 | 21:54
އަހުމަދު ނިޔާޒު --

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސ. މީދޫ ހަސަންކާރިގޭ އަހުމަދު ނިޔާޒް އެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން މިއަދު ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނިޔާޒް އެ މަގާމަށް ހަމަޖެއްސީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށް ވީ ނަމަވެސް އެމްޓީޑީސީއާ ނިޔާޒް ގުޅިވަޑައިގެންނެވީ 2007 ވަނަ އަހަރުގައެވެ. އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމާއި އޮޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރުކަން ކުރައްވާފައިވާ ނިޔާޒަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އިނގިރޭސި ވިލާތުން މާސްޓާސް ހައްދަވައިފައިވާ ބޭފުޅެކެވެ.

Advertisement

ނިޔާޒް ވަކިކުރި ނަމަވެސް އެ މަގާމަށް އައު ބޭފުޅަކު އަދި އައްޔަންކޮށްފައެއް ނުވެއެވެ.

އެމްޓީޑީސީގެ އިތުރުން ދައުލަތުގެ އެހެން ބައެއް ކުންފުނިތަކުގެ އިސް މަގާމުތައް ވެސް ނިޔާޒް ފުރުއްވާފައިވެއެވެ. އެ ގޮތުން 2013 ވަނަ އަހަރުން 2016 ވަނަ އަހަރަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއާމަންކަމާއި އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަން ކުރެއްވިއެވެ. ހަމައެ އާއެކު 2016 ވަނަ އަހަރުން 2018 ވަނަ އަހަރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާމަންކަން ވެސް އޭނާ އަދާކުރެއްވިއެވެ.

ނިޔާޒް މަގާމުން ވަކިކުރެއްވި އިރު މި އަހަރުގެ ފުރަތަމަ ތިން މަހު އެމްޓީޑީސީގެ ފައިދާ ވަނީ 19 އިންސައްތަ ދަށަށް ގޮސްފައެވެ. ދަށްވުމެކެވެ.

Advertisement

ކޮމެންޓް
ވަކީލު 1
ބޭނުންވީމަ ނަގާ އެއްލާލާނެ އެހެންވީމަ އަޅުގާނޑު ބޮންޑުވެސް އަދާނުކޮށް ގޭބަންދަށް ގޮސް އަދި ރާއްޖެތެރޭ ރަށަކަށް ބޮންޑުގެ މުއްދަތަށް އަރުވާލެވިގެން ހުރީ. ކީރިތި ﷲ އަށް ޙަމަދުހުރި .
24 Jul 2026
ވަކީލު 2
އެގޮތަށް ކަންތައްކުރުމުން މިއަދު ސަރުކާރަށް ބަރޯސާނުވެ އުޅެން ދަސްވެއްޖެ.
24 Jul 2026
ވަކީލު 3
ސަރުކާރަށް ޚިދުމަތަނުކުރިޔަސް އަޅުގަނޑުގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް ލިބޭ.
24 Jul 2026
ރާދަ
މި ދުވަހު ނޫހުގެ ކޮމެންޓް ސެކްޝަން ވ.ސަކަރާތް. 2 ފޮޅުވަތް ލިޔާއިރަށް ދެން ޕޯސްޓެއް ނުކުރެވޭ. އެހެން ނޫސްތަށް ބަރާބަރު. ކެރޭނެތަ މިކޮމެންޓު ޖަހަން؟
24 Jul 2026