Advertisement

މެޗު ނިމުނު ފަހުން ދިން ހަމަލަތަކާއި ގުޅިގެން ޕަރޭޑޭސް އަށް ރަތް ކާޑު!

20 Jul 2026 | 12:48
-

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި ސްޕެއިން އަތުން އާޖެންޓީނާ ބަލިވުމަށް ފަހު، މެޗު ނިމުމާ އެކު ދަނޑުމަތީގައި ހިނގި ހަމަނުޖެހުމުގައި ބައިވެރިވި އާޖެންޓީނާގެ މިޑްފީލްޑަރު ލިއެންޑްރޯ ޕަރޭޑޭސް އަށް ރަތް ކާޑް ދައްކައިފިއެވެ.

ސްޕެއިނުން 1-0 އިން މެޗު ކާމިޔާބުކޮށް ޗެމްޕިއަނުންގެ ގޮތުގައި ކަށަވަރުވި ވަގުތު، ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅުކުރަން ފެށިއިރު، ބެންޗުން ދުވެފައި އައި ސްޕެއިންގެ ކެޕްޓަން ރޮޑްރީގެ ގައިގައި އާޖެންޓީނާގެ ނަހުއެލް މޮލީނާ ޖެހި ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ. އެއާ އެކު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހޫނު ކުރިމަތިލުމަކަށް ބަދަލުވިއެވެ.

Advertisement

ފެންނަ ގޮތުން ޕަރޭޑޭސް ވަނީ ސްޕެއިންގެ އެރިކް ގާސިއާގެ ކަރުގައި ހިފައި ބިންމައްޗަށް ވައްޓައިލައިފައެވެ. ދެން ސްޕެއިންގެ ގަވީ ވެސް ޕަރޭޑޭސްއާ ކުރިމަތިލިއެވެ. ދެ ޓީމުގެ ބަދަލު ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ވެސް މީގެ ތެރެއަށް ވަދެ ކޮށްޕާ ހެދިއިރު، އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ދިޔައީ ހަމަނުޖެހުން ހުއްޓުވަން މަސައްކަތް ކުރަމުންނެވެ. ޕަރޭޑޭސް އަށް ރަތް ކާޑް ދެއްކީ މި ހަމަނުޖެހުމުގައި އޭނާ ކުޅުނު ދައުރާ ގުޅިގެންނެވެ.

މުޅި މެޗު ވެސް ދިޔައީ ހަރުކަށިކޮށެވެ. ޖުމްލަ 46 ފައުލް ހިނގިއިރު އޭގެ ތެރެއިން 25 ފައުލަކީ އާޖެންޓީނާގެ ފައުލެވެ. މީގެ ކުރިން 90 މިނެޓުގެ އިތުރު ވަގުތުގައި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އަށް ވެސް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑް ދައްކައި ފޮނުވައިލިއެވެ. ދަނޑުމަތީގައި ހަމަނުޖެހުން ހިނގަމުން ދިޔައިރު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ހުރީ ދަނޑުގެ އަނެއް ފަރާތުގައި އަތް އުރާލައިގެން މި މަންޒަރު ބަލާށެވެ. ސްޕެއިނުން ފައިނަލް ކާމިޔާބުކުރި ހަމައެކަނި ލަނޑު އެކްސްޓެންޝަން ޓައިމުގެ 106 ވަނަ މިނެޓުގައި ޖަހައިދިނީ ފެރާން ޓޮރެސްއެވެ.

Advertisement

ކޮމެންޓް
މހއމ
އެކްސްޓެންޝަން ޓައިމް އޭ? ދެން ނެތް ތަ ކިޔާނެ މޮޅު ނަމެއް ކަމަކަށް? ބައްޔެއް ހުވާ. އެކްސްޓެންޝަން ޓައިމް އައު.
21 Jul 2026