Advertisement

ބީއެމްއެލް މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާ އެކު އެއްބަސްވުމެއް ގާއިމުކޮށްފި

20 Jul 2026 | 10:30
-

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ފަންނީ ތަމްރީނު ފޯރުކޮށްދިނުމަށް ބީއެމްއެލް އެކެޑަމީން އިންސެފް ޔުނިވަރސިޓީއާ އެކު ސްޓްރެޓެޖިކް ޕާޓްނަރޝިޕެއް ގާއިމުކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އިންސެފް ޔުނިވަރސިޓީން ހިންގާ އިސްލާމިކް ފައިނޭންސް ޕްރޮގްރާމްތަކާއި އެގްޒެކެޓިވް އެޑިއުކޭޝަނާއި ޕްރޮފެޝަނަލް ސެޓިފިކޭޝަން އަދި ޚާއްޞަ ތަމްރީނުތައް ބޭންކުގެ މުވައްޒަފުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމާއި ލީޑަރޝިޕް ތަރައްގީކުރުމާއި ސިނާއީ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު ވެސް މި އެއްބަސްވުމުން ފަހިވެގެންދާނެއެވެ.

Advertisement

ބީއެމްއެލް އެކެޑަމީއަކީ ބައިނަލްއަގުވާމީ ފެންވަރުގެ ތައުލީމާއި ތަމްރީނު މެދުވެރިކޮށް ބޭންކިން ދާއިރާގެ ފަންނީ މީހުން ތަރައްގީކުރުމަށް ބޭންކުން ގާއިމުކޮށްފައިވާ އެކެޑަމީއެކެވެ. މީގެ ކުރިން ވެސް މި އެކެޑަމީން ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް އާއި ސިންގަޕޯ މެނޭޖްމަންޓް ޔުނިވަރސިޓީއާ އެކު މުވައްޒަފުން ތަމްރީނުކުރުމުގެ އެއްބަސްވުންތައް ގާއިމުކޮށްފައެވެ.

Advertisement

ކޮމެންޓް