Advertisement

އާޖެންޓީނާ ފައިނަލުގައި ވެސް ރެކޯޑެއް ގާއިމުކުރި: ފައިނަލެއްގައި 90 މިނެޓުގައި އޮން ޓާގެޓަށް އެންމެ ޝޫޓެއް ނުކުރެވުމުގެ ރެކޯޑު!

20 Jul 2026 | 09:09
-

ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި ސްޕެއިން އަތުން 1-0 އިން ބަލިވި އާޖެންޓީނާ، ވޯލްޑް ކަޕް ފައިނަލުގެ ތާރީޚުގައި ބޭނުން ނުވާ ރެކޯޑެއް ގާއިމުކޮށްފިއެވެ.

ފުޓުބޯޅަ ތަފާސްހިސާބުގެ މަޝްހޫރު އިދާރާ އޮޕްޓާ އިން ބުނެފައިވާ ގޮތުގައި، ވޯލްޑް ކަޕް ފައިނަލެއްގެ 90 މިނެޓުގެ ތެރޭގައި އެންމެ ޝޮޓެއް ވެސް ނުޖެހި ނިންމައިލި ފުރަތަމަ ޓީމަކީ އާޖެންޓީނާއެވެ. މުޅި މެޗަށް ބެލީމާ ވެސް އެކްސްޓެންޝަން ހިމެނޭ ގޮތަށް 120 މިނެޓުގެ ތެރޭގައި އާޖެންޓީނާ އަށް ގޯލާ އަމާޒުވާ ގޮތަށް އެންމެ ހަމަލާއެއް ވެސް ފޮނުވައިލެވިފައެއް ނުވެއެވެ. ޖުމްލަ ދެ ޝޮޓް ޖެހި ނަމަވެސް އެއިން އެއްވެސް ޝޮޓެއް ސްޕެއިނުގެ ގޯލާ އަމާޒެއް ނުވެއެވެ.

Advertisement

މެޗުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސްޕެއިނުން 20 ހަމަލާ ފޮނުވައިލިއިރު، އޭގެ ތެރެއިން 11 ހަމަލާ ގޯލާ އަމާޒުވިއެވެ. ބޯޅައިގެ 68 އިންސައްތަ ކޮންޓްރޯލް ކުރީ ވެސް ސްޕެއިނުންނެވެ. ފުރަތަމަ ހާފު ނިމުނުއިރު އާޖެންޓީނާ އަށް ސްޕެއިނުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ލިބުނީ އެންމެ ދެ ޓަޗެވެ.

އާޖެންޓީނާގެ ގޯލްކީޕަރު އެމީލިއާނޯ މާޓިނޭޒް ވަނީ 11 ސޭވް ކޮށް ވޯލްޑް ކަޕް ފައިނަލެއްގައި އެންމެ ގިނަ ސޭވް ކުރުމުގެ ރެކޯޑު ހެދި ނަމަވެސް، ސްޕެއިނުގެ ހަމަލާތައް ހުއްޓުވައި ޓީމު ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ. އެކްސްޓެންޝަން ޓައިމުގެ 106 ވަނަ މިނެޓުގައި ފެރާން ޓޮރެސް ޖެހި ލަނޑުން ސްޕެއިނުން މެޗު ކާމިޔާބުކުރީ ދެ ވަނަ ފަހަރަށް ވޯލްޑް ކަޕް އުފުލައިލަމުންނެވެ.

Advertisement

ކޮމެންޓް
ޢަހު
އަލްޙަމްދުލިﷲ އާޖެންޓީނާ ބަލިވުމަކީ މަށަށްލިބުނު ވ ބޮޑު ކާމިޔާބީއެއް
20 Jul 2026