މިދިޔަ ހަފްތާގައި އެކި ކަންކޮޅުތަކުގައި އަލިފާނުގެ 12 ހާދިސާ ހިނގި!
މިދިޔަ ހަފްތާގައި ކުއްލި ހާދިސާތަކުގެ ގޮތުގައި އެންމެ ގިނައިން ހުށަހެޅުނީ އަލިފާން ރޯވުމުގެ ހާދިސާތައް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެ އިދާރާއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިމަހުގެ 12-18 އަށް ޖުމްލަ 23 ކުއްލި ހާލަތުގެ މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ. އެއީ މުޅި ރާއްޖެއިން ރިޕޯޓު ކުރި އަދަދެވެ.
އޭގެ ތެރެއިން މާލެ އޭރިއާގެ ކޮމާންޑަށް 16 މައްސަލަ ރިޕޯޓު ކުރި އިރު ސެންޓްރަލް އޭރިއާ އަދި ސަދާން އޭރިއާ ކޮމާންޑަށް ރިޕޯޓުކޮށްފައިވަނީ ކޮންމެ ތަނަކަށް ތިން މައްސަލަ އެވެ. ނޮދާން އޭރިއާ ކޮމާންޑަށް ހުށަހެޅީ އެންމެ މައްސަލަ އެކެވެ.
މީގެ ތެރެއިން 12 މައްސަލަ އަކީ އަލިފާނުގެ ހާދިސާތަކެވެ. މީހުން ތަންތަނަށް ގެންދިއުމަށް ފަސް ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އަދި ހަތަރު ހާދިސާއެއްގައި ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
މީގެ އިތުރުން އެހެނިހެން މައްސަލަތަކުގެ ގޮތުގައި އެއް މައްސަލަ ހުށަހެޅި އިރު ކަނޑުމަތީގައި އުޅެނިކޮށް ދިމާވި ހާދިސާތަކުގެ ތެރެއިން އެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.