Advertisement

މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކޮށް، ޓްރެފިކް ކުރާ ކަމުގެ ތުހުމަތުގައި މާލެއިން މެދު އުމުރުގެ އަންހެނަކު ހައްޔަރު

18 Jul 2026 | 20:40
-

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކޮށް، ޓްރެފިކް ކުރާ ކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި އަންހެނަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި ބަންދުކޮށްފައި ވަނީ ހ. މާދަނޑު، ކ. މާލެ، އާމިނަތު ރިސާލާ، 28 އަހަރެވެ. މި މައްސަލައިގައި ފުލުހުންގެ ޚިދުމަތުން ހުށަހެޅީ ރިސާލާ ބަންދުގައި ބެހެއްޓުމަށެވެ. ކޯޓުން ނިންމީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށާއި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުކުރަންޖެހޭ ކަމަށެވެ.

Advertisement

މި މައްސަލައިގެ ތަޙުޤީޤީ އޮފިސަރު (އައިއޯ) ކޯޓުގައި ބުނެފައި ވަނީ ރިސާލާ ހުރި ކޮޓަރިން މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، އެ ކޮޓަރީގެ ތަޅުދަނޑިއެއް ރިސާލާގެ އަތުން ފެނިފައިވާ ކަމަށެވެ. ނަމަވެސް ރިސާލާގެ ވަކީލު ބުނެފައި ވަނީ އެ ތަޅުދަނޑިއަކީ ރިސާލާގެ އެއްޗެއް ނޫން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ ޢަލީ އާދަމް މި އަމުރު ނެރުއްވީ މިއަދު (18 ޖުލައި) އެވެ. ބަންދުގެ މުއްދަތު ހަމަވާނީ އޮގަސްޓް ދެ ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް
އަހަރެން
މެދު އުމުރަކީ 28 އަހަރުތަ؟ ސަހަރޯ
19 Jul 2026