Advertisement

ބޮޑުތަކުރުފާނު މަގުގެ ޕްރޮޖެކްޓްގައި ދެން އޮތީ ބައި ނޯތު ހާބަރާއި ރަސްފަންނާ ދެމެދު

18 Jul 2026 | 10:18
-

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ ނޯތު ހާބަރާއި ރަސްފަންނާ ދެމެދު އޮތް ސަރަހައްދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

'ޕަލްސް ޕޮޓްކާސްޓް'ގެ ހަތަރު ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޭރު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ ކުރިން ނިންމަވާފައިވާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކަމަށެވެ. މިހާރު ކުރިއަށްދާ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު އޮތް ސަރަހައްދު އަންނަ ހަފުތާގައި ހުޅުވާލެވޭނެ ކަމަށާއި އެ ބައި ނިމުމުން ދެން އޮތް މަރުހަލާގައި އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް ތަރައްގީކުރައްވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

"އިރާދަކުރެއްވިއްޔާ މަގުގެ މަސައްކަތް މި ނިމެނީ. ދެން މި ބައި ނިމުނީމައި އެމްޕީއެލުން ފެށިގެންގޮސް ރަސްފަންނާ ހިސާބަަށް ތަރައްގީކުރާނީ. އެއީ ހަގީގަތުގައި އެންމެ ބޮަޑަށް ގާތަށް މުގުރިފަ އަދި ހަލާކުވެފައި އޮތް ސަރަހައްދު މި ސަރަހައްދަކީ. އޭރުން ހަމަ ބާޒާރު އަދި ވިޔަފާރިތައް މި ހުންނަ ސަރަހައްދު އަދި މާލޭގެ އެތެރޭގެ މަގުތަކަށްވެސް ވަރަށް ބޮޑު ލުޔެއް އެ ލިބިގެންދަނީ." ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ބާކީ ބައިތައް ވެސް މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ރާވާފައެވެ.

Advertisement

ކޮމެންޓް