Advertisement

ހުޅުމާލޭ ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނީ ރަޒީން

17 Jul 2026 | 14:32
-

ހުޅުމާލޭ ފޭސް 1 ގެ ގެސްޓްހައުސްއެއްގެ ތިން ވަނަ ފަންގިފިލާގައި ހަބަރު ހުސްވެފައި އޮތް މީހަކު، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ނިޔާވެފައި ވަނީ މާލެ / ސްޓަރ، މުޙައްމަދު ރަޒީން (50އ) އެވެ.

Advertisement

އެ މީހާ ހަބަރު ހުސްވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާއިރު، ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މަރްޙޫމްގެ ފުރާނައަށް މާތް ﷲ ރަޙްމަތް ލައްވާށިއެވެ.

Advertisement

ކޮމެންޓް