Advertisement

ވޯލްޑް ކަޕް ފައިނަލުގެ ފަހު ޖާގަ އާޖެންޓީއަށް

16 Jul 2026 | 11:11
އާޖެންޓީނާ އާއި އިންގްލޭންޑް ކުޅުނު މެޗުގެ ތެރެއިން --

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ރޭ ކުޅުނު މެޗުގައި 1-2 ން އިންގްލެންޑް ބަލިކޮށް އާޖެންޓީނާ ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ބޮޑަށް ބޭނުންކުރީ ބާރުގަދަ ދިފާއީ ކުޅުމެކެވެ. ލަނޑު ޖެހުމުގެ ފުރުސަތުތައް ދަށްކޮށް ދިޔައިރު ގޯލަށް އަމާޒުވާ ހަމަލާއެއް ފޮނުވާލެވުނީ ދެ ފަހަރު އެވެ.

Advertisement

ދެވަނަ ހާފު ފެށިގެން 57 ވަނަ މިނެޓުގައި އެންތަނީ ގޯޑަން ޖެހި ގޯލާއެކު އިންގްލެންޑަށް ލީޑު ލިބުނެވެ. 1966ގެ ފަހުން ފުރަތަމަ ފަހަރަށް ފައިނަލަށް ދިއުމުގެ ފުރުސަތު އިންގްލެންޑަށް ފެންނަން ފެށިއެވެ. 

ނަމަވެސް ދެ ޓީމުން ވަރުގަދައަށް ކުޅެމުން ގޮސް 86 ވަނަ މިނެޓުގައި ލިއޮނަލް މެސީ ބައިވެރިވި ކުޑަ ކޯނަރ ކިކަކުން ފެށި ހަމަލާއެއްގައި އެންޒޯ ފެނާންޑޭޒް ބާރު ޖެހުމަކުން ނަތީޖާ އެއްވަހަކޮށްލިއެވެ. ދެވަނަ ލަނޑު 91 ވަނަ މިނެޓުގައި މެސީ ކަނާތްފަރާތުން ދިން ދިގު ކްރޮސްއަކުން ހުސްކޮށް ހުރި ސަބްސްޓިޓިއުޓް ލައުޓާރޯ މާޓިނޭޒް ބޮލުން ފޮނުވާލައި ކާމިޔާބު ކުރި އެވެ.

މެޗުގައި ދެ ޓީމުގެ ތާރީޚީ ވާދަވެރިކަން ފާހަގަކުރެވުނު އިރު އާޖެންޓީނާގެ ސަޕޯޓަރުން އެ ޓީމުގެ ވަރލްޑް ކަޕް ސަޕޯޓް ލަވައިގައި "ލަސް މަލްވިނަސް"އާ ބެހޭ ބައި ބާރަށް ކިޔައި ސްޓޭޑިއަމް ގުގުމާލިއެވެ. 

ފައިނަލުގައި އާޖެންޓީނާ ބައްދަލު ކުރާނީ ސްޕެއިންއާއި އެވެ. މި މެޗު އޮންނާނީ މިމަހުގެ 19 ގައި އެވެ.

Advertisement

ކޮމެންޓް