Advertisement

ދުވާފަރުން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

15 Jul 2026 | 15:59
-

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދުވާފަރުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ދުވާފަރު ޕޮލިހުން ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ވިދުވަރު ރ.އިންނަމާދޫ މުހައްމަދު ސަމޫހް (25އ) އާއި ރޯޝަން މިސްކިތްމަގު ޏ.ފުވައްމުލައް އިބްރާހީމް ސަލާހު (32އ) އެވެ. މި ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނިފައިވެއެވެ.

Advertisement

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު ސަމޫހް 10 ދުވަހަށް އަދި އިބްރާހީމް ސަލާހު 12 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހްގީގުކުރަމުންނެވެ.

Advertisement

ކޮމެންޓް