Advertisement

މިނިވަން ދުވަހާ ގުޅުވައި ބާއްވާ "މިނިވަން ރަން" އިފްތިތާޙްކޮށްފި

14 Jul 2026 | 21:07
-

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން "މިނިވަން ރަން" މިއަދު އިފްތިތާޙްކޮށްފިއެވެ.

މި ވުޒާރާގެ އިސްވަރު ހޯލުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ. މި ހަފުލާގައި، ޖުލައި 27 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "މިނިވަން ރަން" ކުރިއަށްގެންދިއުމަށްޓަކައި "ވީރަން މޯލްޑިވްސް" އާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒް ކަމަށާއި، ވީރަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ މެނޭޖަރ ހައްވާ ނީލާއެވެ.

Advertisement

ސަރުކާރުގެ މުއައްސަސާތަކާއި، ކުލަބް ޖަމްޢިއްޔާތަކާއި، އަދި ވަކިވަކި ފަރުދުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ "މިނިވަން ރަން" އަކީ، މިނިވަން ދުވަހުގެ ރޫހާއި ޤައުމީ އެކުވެރިކަން އިތުރަށް ބަދަހިކޮށް، ފުރިހަމަ ސިއްޙަތާއި ހަރަކާތްތެރި ދިރިއުޅުމަކަށް ބާރު އެޅުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ރަސްމިއްޔާތުގައި ވީރަން އެޕް ވެސް ތައާރަފުކުރެވުނު އިރު، މި އެޕް މެދުވެރިކޮށް "މިނިވަން ރަން" ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް މިހާރުން ފެށިގެން ރަޖިސްޓްރީވެވޭނެއެވެ.

ވީރަން މޯލްޑިވްސް އަކީ އިޖުތިމާޢީ ހަރަކާތްތަކާއި، ވާދަވެރި ރޭސްތަކާއި، ކޯޕަރޭޓް ދުވުމުގެ ޕްރޮގްރާމްތައް މެދުވެރިކޮށް ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށް އެހީވެދޭ ޖަމިއްޔާއެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ދުވުމުގެ ގިނަ ހަރަކާތްތަކެއް މީގެ ކުރިން ވެސް މި ޖަމިއްޔާއިން ކުރިއަށްގެންގޮސްފައިވެއެވެ.

Advertisement

ކޮމެންޓް