Advertisement

ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ފުލުހުންނާއި ކަރެކްޝަނުން ހިންގި އޮޕަރޭޝަން ނިންމާލައިފި

14 Jul 2026 | 14:15
-

ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ހިންގި ޚާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި ޖުލައި މަހުގެ 13 އަށް، ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ، ހުޅުމާލެ، ކ. މާފުށި އަދި ކ. ހިންމަފުށީގައެވެ. ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގެ ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމްފުޅެވެ.

Advertisement

އެސް.އޯގެ ސްވަޓް ޓީމާއި ކޭނައިން ޔުނިޓްގެ އިތުރުން މާލޭ ޕޮލިސް، ހުޅުމާލޭ ޕޮލިސް، ޑްރަގް އެންފޯސްމަންޓް އަދި މެރިން ޕޮލިސް މި އޮޕަރޭޝަންގައި ބައިވެރިވިއިރު، ޕްރޮޓެކްޓިވް ސެކިއުރިޓީ، މީޑިއާ، އިންޓެލިޖެންސް، ފޮރެންސިކްސް، މޭޖަރ ކްރައިމް އިންވެސްޓިގޭޝަން އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ވެސް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފާހަގަކުރި ގޮތުގައި، ފުލުހުންނާ ގުޅިގެން ޖަލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް މިހާތަނަށް ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން، މިއީ އެންމެ ފުޅާ ދާއިރާއެއްގައި، އެންމެ ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނު އެއް އޮޕަރޭޝަނެވެ.

އޮޕަރޭޝަން ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމްފުޅު ވިދާޅުވީ، ތިން ހަފުތާއަށް ދެމިގެންދިޔަ މި ބޮޑު ހަރަކާތުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން ދެއްވި ފުރިހަމަ އެއްބާރުލުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ހުރިހާ މުއައްސަސާތަކާއި ފުލުހުންގެ ފަންކްޝަންތައް ގުޅިގެން ކުރި މަސައްކަތުން، އޮޕަރޭޝަނުން ބޭނުންވި ނަތީޖާ ހާސިލުކުރެވިފައިވާކަން ކޮމާންޑަރު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް