Advertisement

ސައުދީގައި ވިސާ މުއްދަތު ހަމަވާ ބިދޭސީންގެ އަދަބު ހަރުކަށި ކޮށްފި

14 Jul 2026 | 09:13
ސައުދީ އެއާޕޯޓެއް --

ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ބިދޭސީން ވިސާގެ މުއްދަތު ހަމަވުމުން އެގައުމުން ނުފައިބާނަމަ ކަނޑައަޅާފައިވާ އަދަބު ހަރުކަށި ކޮށްފި އެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެންޓްރީ ވިސާގެ މުއްދަތު ހަމަވުމަށްފަހު ވެސް ޤައުމުން ފުރައިގެން ނުދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި މާލީ ޖޫރިމަނާއާއި ޖަލު ޙުކުމާއި ޤައުމުން ބޭރުކުރުން ހިމެނެއެވެ.

Advertisement

އެގޮތުން އެންޓްރީ ވިސާގެ މުއްދަތު ހަމަވުމުން ފުރައިގެން ނުދާ ބިދޭސީން 50،000 ސައުދީ ރިޔާލުން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި އެމީހުން ޑިޕޯޓު ކުރާނީ ހަ މަސްދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރުވާފައި ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ރެސިޑެންސީ ލޭބާ އަދި ބޯޑަރ ސެކިއުރިޓީއާ ގުޅޭ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކުގެ ޚަބަރު ދިނުމަށް ވެސް އެ މިނިސްޓްރީން ވަނީ ސައުދީ ރައްޔިތުންގެ ކިބައިން އެދިފައެވެ.

ސައުދީގައި އެންމެ ގިނައިން ގަވައިދާ ހިލާފަށް އުޅެނީ ޔަމަން، އޮމާން ފަދަ ގައުމުތަކުގެ މީހުންނެވެ.

Advertisement

ކޮމެންޓް