Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

13 Jul 2026 | 21:06
-

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ޅ. ހިންނަވަރުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު ބޮޑުކެކުރިގެ، އާދަމް ޢަބްދުލްޢަޒީޒް (32 އ.) ކަމަށެވެ. އޭނާ ހައްޔަރުކުރީ 12 ޖުލައިގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހިންނަވަރު ޕޮލިހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

Advertisement

އެ އޮޕަރޭޝަނުގައި އެ ރަށު ގެއަކުން އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

Advertisement

ކޮމެންޓް
ހަސަން
ފުލުހުން މިކަހަލަ ހަބަރު ދިނީމަ ކިހާވަރެއްގެ ކިހާ ބާވަތެއްގެ ޑްރަގްސް އެއްކަން ސާފުކޮށްދޭން ޖެހޭނެ، ނޫނީ ފަހުން ދޫކޮށްލައިފިއްޔާ ކިހިނެއް ޔަގީންވާނީ ހަގީގަތުގަ ކަމެއް ހިނގިކަން؟
14 Jul 2026
ޚަދީޖާ
މިހާރު ކުޑަކުޑަ ރަށްރަށަށް ވެސް މަސްތުވާތަކެތި ފެތުރިއްޖެ، މިއީ ހާދަ ދެރަ ކަމެއް، ދުޢާ ކުރަން މިކުދިންނަށް ހެޔޮ ވިސްނުން ދެއްވުމަށް، މާދަމާ މުޖުތަމައު ބައްޓަން ވާނީ މިއަދު ދަރިން ބޮޑުވާ ގޮތުން.
14 Jul 2026