Advertisement

ހޯމިސައިޑް ޔުނިޓްގެ ވެރިޔަކަށް ސާމިހު އަލުން ހަމަޖައްސައިފި

13 Jul 2026 | 14:27
ސާމިހުގެ ފޮޓޯ --

ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިއަކަށް ކުރިން ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އަލުން އެ މަގާމަށް އައްޔަންކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ އިދާރާގެ އޮނިގަނޑަށް މި ފަހުން ގެނައި ބަދަލުތަކުގައި ސާމިހު ވެސް އޭނާ ކުރިން ހުންނެވި މަގާމަށް އަލުން ހަމަޖެއްސަވާފައިވާ ކަމަށެވެ.

Advertisement

ރާއްޖޭގައި ހިނގާފައިވާ ބޮޑެތި މަރުތަކުގެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވާ ސާމިހު އިންވެސްޓިގޭޝަން ހެޑްގެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ މާލޭގައި އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި މުޒާހަރާތައް ކުރިއަށް ދަނިކޮށެވެ.

އެ ޑިޕާޓްމަންޓުން އޭނާ މިދިޔަ އަހަރުގެ މޭ މަހު ބަދަލުކުރީ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ދަށުން ހިންގާ އިންވެސްޓިގޭޝަން ކޮލިޓީ ކޮންޓްރޯލް އެންޑް ކޮމްޕްލިއަންސްގެ މަގާމަށެވެ.

ނަމަވެސް އަހަރެއް ފަހުން އެ ޑިޕާޓްމަންޓަށް އޭނާ އަނެއްކާ ބަދަލުކުރީ ޕޮލިސް ކޮމިޝަނަރުކަމުން މިދިޔަ ފެބްރުއަރީ މަހު ކުއްލި ގޮތަކަށް އިސްމާއިލް ނަވީން ރިޓަޔާކުރެއްވި ފަހުން އެ އިދާރާ އަށް ގެނައި ބަދަލުތަކުގަ އެވެ.

Advertisement

ކޮމެންޓް