އާމިރު މާގިނައިން ކައިވެނި ކުރާތީ ހިންދޫ ފާދިރީއަކަށް އަސަރުކޮށްގެން އިންޒާރު ދީފި
ބޮލީވުޑްގެ ސުޕާ ސްޓާ އާމިރު ޚާންގެ ތިންވަނަ ކައިވެންޏާއި ގުޅިގެން ހިންދޫ ފާދިރިީއަކު އިންޒާރު ދީފި އެވެ.
އާމިރު ހާން އެންމެ ފަހުން ކައިވެނި ކުރީ ވިޔަފާރިވެރިއެއް ކަމަށްވާ ގޯރީ ސްޕްރެޓާ އާއި އެވެ. ދެ މީހުން ކައިވެނި ކުރީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އެވެ.
މި ކައިވެނިތަކާއި ގުލިގެން ހިންދޫ ދީނުގެ ލީޑަރަކު ބުނެފައިވާ ގޮތުގައި އާމިރު ދަނީ ހިންދޫންގެ އިހުސާސްތަކަށް ގެއްލުން ދެމުންދަކަމަށެވެ.
ވީޑިއޯ މެދުވެރިކޮށް ދިން ބަޔާނުގައި އެ ލީޑަރު ވަނީ އާމިރު ތިންވަނަ ފަހަރަށް ކައިވެނި ކުރައްވަނީ ކީއްވެގެންތޯ ސުވާލު އުފައްދާފައި އެވެ. އެމީހާ ބުނީ އަމިރު ދަނީ ހިންދޫ މުޖުތަމަޢަށް ގޮންޖަހަމުން ކަމަށެވެ.
މީގެ އިތުރުރުން އެ ފާދިރީ ވަނީ އާމިރު އިތުރު ކައިވެންޏެއް ކޮށްފި ނަމަ ރަނގަޅު ފިލާވަޅެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައި އެވެ.
މި ބަޔާނާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ވަރުގަދަ ބަހުސެއް ފެށިފައެވެ. ބައެއް ފަރާތްތަކުން މި ބަޔާނަށް ތާއީދުކުރާއިރު އަނެއް ބަޔަކު ވަނީ މި ފާޑުކިޔުންތަކަށް ފާޑުކިޔައި ތަރީގެ އަމިއްލަ ނިންމުންތަކަށް ދިފާޢުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މަޝްހޫރު ފަރާތްތަކުގެ ކައިވެނިތަކާއި ދީނީ ވަންތަކަމާއި އަދި ފަރުދީ މިނިވަންކަމާ ބެހޭ ބަހުސް އަނެއްކާވެސް ވަނީ ހޫނުވެފައެވެ.
އާމިރު މީގެ ކުރިން ދެ ކައިވެނި ކޮށްފައިވާއިރު އެ ކައިވެނިތަކަށް ތިން ކުދިން ލިބިފައި އެބަތިއްބެވެ. އާމިރުގެ އަންހެނުން ގޯރީވެސް ކުރީގެ ކައިވެންޏަށް ދަރިއަކު ހުރެ އެވެ.