ހުރްމުޒް ކަނޑުއޮޅި މައްސަލައިގައި ތެލުގެ އަގު މައްޗަށް
އެމެރިކާއާއި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލްކުރުމުގެ މައްސަލައިގައި ޙަމަލާ ބަދަލުކުރަމުންދާތީ ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށް އުފުލިއްޖެއެވެ.
ބައިނަލްއަޤުވާމީ ބެންޗްމާކެއް ކަމަށްވާ ބްރެންޓް ކްރޫޑް ތެލުގެ އަގު ހޯމަ ދުވަހު 4 އިންސައްތައަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ. ސެޕްޓެމްބަރު މަހަށް ޑެލިވަރކުރާ ބްރެންޓް ފިއުޗާސްގެ އަގު ގްރީންވިޗް ގަޑިން 02:00 ގައި ބެރެލެއް 79.29 ޑޮލަރަށް އަރާފައިވާ ކަމަށާއި، މިއީ ޖޫން 22 ވަނަ ދުވަހަށްފަހު އެންމެ މަތިވި މިންވަރު ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އާދިއްތަ ދުވަހު ބުނެފައިވަނީ، ހުރްމުޒް ކަނޑުއޮޅީގައި ބޯޓުފަހަރަށް ޙަމަލާދިނުމުގެ ޤާބިލުކަން ދަށްކުރުމަށްޓަކައި އީރާނަށް ޙަމަލާތަކެއް ދީފައިވާ ކަމަށެވެ. މިއީ އީރާނުގައި ޓާގެޓުތަކަށް ޙަމަލާދިނުމުގެ ގަޑިތަކެއް ފަހުން ދިން ޙަމަލާތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
ސައިޕްރަސް ދިދަ ޖަހާފައިވާ ކޮންޓެއިނަރު ބޯޓެއް ކަމަށްވާ އެމްވީ ޖީއެފްއެސް ގެލެކްސީ (MV GFS Galaxy) ކަނޑުއޮޅިން ދަތުރުކުރަމުން ދިޔައިރު، އީރާނުގެ ސިފައިން "ފާޅުކަން ބޮޑު ގޮތެއްގައި" ޙަމަލާދިން ކަމަށް ބުނެ، އެއަށްފަހު އެމެރިކާ ސިފައިން އިސްވެ ބުރުގެ ޙަމަލާތައް ފަށާފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ.