Advertisement

ބެންކޮކްގެ ޕަބެއްގައި އަލިފާން ރޯވެ 27 މީހުން މަރުވެއްޖެ

13 Jul 2026 | 08:17
-

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މަޝްހޫރު ޕަބެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 27 މީހަކު މަރުވެ، 63 މީހަކު ޒަޚަމްވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މަޝްހޫރު ޗަޓޫޗަކް ވީކެންޑް މާކެޓާ ކައިރީގައި ހުންނަ ޕަބެއްގައެވެ. ޒަޚަމްވި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ، އެ ޕަބުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ރައްކާތެރިކަމާއެކު ބޭރަށް ނުކުމެވޭނެ ފުދޭވަރުގެ މަގުތަކެއް ހުރިތޯ ބަލައި، ތަޙްޤީޤު ކުރަމުންނެވެ.

Advertisement

ކޮމެންޓް