މިހާ ހޫނު ގަދަ ދުވަސްވަރެއްގައި ލާންވީ ކޮންކަހަލަ ފޮއްޗެއްގެ ހެދުމެއް!
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހޫނުގަދަވުން އިތުރުވަމުންދާ މި ދުވަސްވަރު ހަށިގަނޑު ފިނިކޮށް ބެހެއްޓުމުގައި ލައިގެންހުންނަ ހެދުމުގެ ދައުރު ވަރަށް ބޮޑުކަން ދިރާސާވެރިން ފާހަގަކޮށްފައިވެއެވެ.
އެކަށީގެންވާ ހެދުން ލުމުން އެއާކޮންޑިޝަނަރުގެ ފިނިހޫނުމިން 2 ޑިގްރީ ސެލްސިއަސް (3.6 ފއރނހައިޓް) މައްޗަށް ޖެއްސުމުގެ ފުރުޞަތު ލިބޭ ކަމަށާއި މިއީ ދިގު މުއްދަތެއްގައި ބޮޑު ޢަދަދެއްގެ ހަކަތަ ސަލާމަތްކޮށްދޭނެ ކަމެއް ކަމަށްވެސް ދިރާސާތަކުން ދައްކައެވެ.
ހޫނު މޫސުމުގައި ގިނަ ބަޔަކު ހުދު ކުލައިގެ ހެދުން ލައި އުޅެއެވެ. ސަބަބަކީ ހުދު ކުލައިން އިރުގެ ދޯދިތައް ފައުޅުކޮށްލާތީއެވެ. ކަޅު ކުލައާ ޚިލާފަށެވެ. ނަމަވެސް ހެދުމުގެ ބޯމިނާއި ހެޔޮވަރުކަމާއި ގުޅިގެން މި ތިއަރީ ތަންކޮޅެއް ފުޅާވެއެވެ. ސަބަބަކީ ހޫނުކަން އިރުގެ އިތުރުން އަހަރެމެންގެ ހަށިގަނޑުންވެސް އުފެދޭތީއެވެ. ހަށިގަނޑުން ނުކުންނަ ހޫނުކަން ހުދު ހެދުމުގައި ޖެހުމުން އެ ހޫނުކަން ދެވަނަ ފަހަރަށް ހަށިގަނޑަށް ފައުޅުވެއެވެ.
ކަޅު ކުލައިގެ ފޮތި ހަށިގަނޑުން ފައުޅުވާ ހޫނުކަން ބޮޑަށް ދިރުވާލައެވެ. ބެޑޯއިން މީހުންގެ ސިއްރަކީ ފުޅާ ދޫ ކަޅު ހެދުން ލުމެވެ. ޚާއްޞަކޮށް ވައި ޖެހޭ ވަގުތުތަކުގައެވެ. ދޫ ކަޅު ހެދުމުން ފޮއްޗާއި ހަމުގެ ދޭތެރޭގައި ހޫނުވެފައިވާ ފަޔަކުން މައްޗަށް ވައި ދައުރުވުމަށް ބާރުއަޅައި ފުޅި ފުޅި ފެން ފިނިވެގެންދާ ފަދައިން ފިނިކުރުމުގެ ފުރުޞަތު ލިބެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ހެދުމުގެ ފިޓިންގަކީ ކުލައަށްވުރެ މުހިންމު ކަމެކެވެ. ނަމަވެސް ބާރު ފިޓް ހެދުމެއް ލައިފިނަމަ ހުދު ކުލައިގައި ދެމިހުރުން ރަނގަޅެވެ. ސީރސަކާ ނުވަތަ ސްޕޯޓް ޕޯލޯ ގަމީސްތަކުގައި ބޭނުންކުރާ ޕީކޭ ފަދަ ޓެކްސްޗާ ހުންނަ ފޮތިތައްވެސް ހަށިގަނޑުން ފައިކުރެވިގެން ފޮތި ދުރުކުރުމަށް އެހީވެއެވެ.
ހުރިހާ ފޮތިތަކެއްވެސް ވަކި މިންވަރަކަށް ހަށިގަނޑުން ފައުޅުވާ އިންފްރާރެޑް ދިރުވާލައެވެ. މިއީ ފިނި މޫސުމުގައި ހަށިގަނޑު ހޫނުކޮށްދިނުމަށް އެހީވާ ކަމެއް ނަމަވެސް ހޫނުގަދަ ދުވަހަކަށް ރަނގަޅު ކަމެއް ނޫނެވެ. ވުމާއެކު ގަޔަށް ފަސޭހަ ފޮތި ލުން މުހިއްމެވެ. ކޯޓު ނުކުރެވިފައިވާ ކޮޓަން ފުޅާ ފައިބަރު ހުންނަ ލިނަން ނައިލޮން އަދި ޕޮލިއެސްޓަރ ފަދަ ފޮތިތައް ވަކި މިންވަރަކަށް ގަޔަށް ފަސޭހަ ފޮތިތަކުގެ ގޮތުގައި ފާހަގަކުރެވެއެވެ. މިއީ ދާ އަދި ހޫނުކަން ފޮތިން ބޭރަށް ދިއުމަށް ފުރުޞަތުދޭ ފޮތިތަކެވެ. ނަމަވެސް މިއީ ހަށިގަނޑުން ސީދާ ފެން ދިރުވާލާ ވިކިންގ ފޮތިތަކާ ތަފާތު ބާވަތެކެވެ.
ހެދުން މަދުވުމުން ހަމާއި ވަޔާ ދެމެދު ފެންފައިބައިގެން ފިނިވުމުގެ ފުރުޞަތު އިތުރުވެއެވެ. ނަމަވެސް ފެހި ދޯދިތަކުން ހަން ރައްކާތެރިކުރުމަކީ ފުރަތަމަ ސަމާލުކަން ދޭންޖެހޭ ކަމެއްކަން ފާހަގަކުރެވެއެވެ.
ފިނިކޮށް ބެހެއްޓުމަށް އެހީވެދޭނެ އައު ފޮތިތަކާއި ފައިބަރުތައް ދިރާސާވެރިން މިދުވަސްވަރު ދަނީ އިތުރަށް ދިރާސާކުރަމުންނެވެ.