Advertisement

ޔޫކޭގެ ލީޑަޝިޕް ޕްރޮގްރާމް ދިވެހި ފުލުހަކު ފުރިހަމަކޮށްފި

12 Jul 2026 | 15:50
-

ޔޫކޭގެ ލީޑަޝިޕް ޕްރޮގްރާމް ދިވެހި ފުލުހަކު ފުރިހަމަކޮށްފި

އިނގިރޭސިވިލާތުގެ ކޮލެޖް އޮފް ޕޮލިސިންގއިން ހިންގި "އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް" ދިވެހި ފުލުހުންގެ ހިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ފުރިހަމަކުރައްވައިފިއެވެ.

Advertisement

މި ޕްރޮގްރާމަކީ ފުލުހުންގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި މުއައްސަސާގެ އެންމެ މަތީ ފަންތީގެ ލީޑަޝިޕް ދައުރުތަކަށް އޮފިސަރުން ތައްޔާރުކުރުމަށްޓަކައި ހިންގޭ ޕްރޮގްރާމެކެވެ. 2026 ފެބްރުއަރީ 26 އިން ފެށިގެން ޖުމުލަ 19 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ލީޑަޝިޕް ޕްރޮގްރާމްގެ ފަހު މޮޑިއުލް މޮޑިއުލް 3 ކުރިއަށް ގެންގޮސްފައިވަނީ 2026 ޖޫން 29 އިން ޖުލައި 10 އަށް އިނގިރޭސިވިލާތުގައެވެ.

މި ޕްރޮގްރާމަކީ ބައިވެރިންގެ މަސައްކަތުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ފުލުހުންގެ މަތީ ފަންތީގެ ލީޑަޝިޕް މަގާމުތަކަށް ބޭނުންވާނެ ހުނަރާއި ގާބިލުކަން އަދި އިލްމީ މައުލޫމާތު އިތުރަށް ތަރައްގީކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި އަހަރުގެ ޕްރޮގްރާމުން ދުނިޔޭގެ އެކި ގައުމުތަކުން ޖުމުލަ 62 އޮފިސަރުން ދަސްވެނިވެފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން މުއައްސަސާގެ މިހާރުގެ ހިންގުމުގެ ނިޒާމުތައް މުރާޖާކޮށް ކުރިއަށް ހުރި ފުރުސަތުތައް ދެނެގަތުމާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ސްޓޭކްހޯލްޑަރުންނާއި ބައިވެރިންނާ ގުޅިގެން މަސައްކަތްކުރުމުގައި ހުރި ގޮންޖެހުންތަކާއި އެ ގުޅުންތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް މުރާޖައާކުރުމުގެ ހުނަރުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން އޮފިސަރުންނަށް ވަނީ އުނގަންނައިދީފައެވެ.

Advertisement

ކޮމެންޓް