Advertisement

ދިޔަމިގިލީ ސްކޫލުގެ ފުރަތަމަ ފަންގިފިލާގެ ރޭނުން ސިފައިން ނިންމާލައިފި

12 Jul 2026 | 09:50
ސްކޫލު ރޭނުމގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް.

ތ.ދިޔަމިގިލީގައި ސިފައިން އިމާރާތްކުރަމުންދާ ސްކޫލުގެ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ ހުރިހާ މަސައްކަތެއް ނިންމާލައިފިއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންނާ ގުޅިގެން އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ)ގެ ފަންނީ ސިފައިން ކުރަމުންދާ މި މަސައްކަތުގައި މިހާރު ކުރިޔަށްދަނީ ފުރަތަމަ ފަންގިފިލާގެ ފާހާނާތަކުގެ ތަޅުންއެޅުމާއި ތަނބުތަކާއި ބެރިތަކުގެ ދާރަ ހެދުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން ދެވަނަ ފަންގިފިލާގެ ރޭނުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.

Advertisement

ދެ ފަންގިފިލާގެ 10 ކުލާސް ރޫމް ހިމެނޭ މި އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ސިފައިންނާ ހަވާލުކޮށްގެން މަސައްކަތް ފަށާފައިވަނީ މާރިޗު މަހުގެ 31ވަނަ ދުވަހުއެވެ. ސިފައިން މި މަސައްކަތާ ހަވާލުވި އިރު އިމާރާތުގައި ނިމިފައި ހުރީ 30 އިންސައްތަ މަސައްކަތެވެ.

Advertisement

ކޮމެންޓް
ދޮންބޭސް
ތިވެސް ބަޔަކަށް އެޑްވާންސަށް ލާރި ދީފަ އޮތް ޕްރޮޖެކްޓެއް
12 Jul 2026