Advertisement

އަނބު އޮށުން ހެދުމެއް ތައްޔާރުކޮށް އުރްފީ މީހުންގެ ސަމާލުކަން ހޯދައިފި!

11 Jul 2026 | 14:15
އުރްފީ ޖާވިދް --

އިންޑިއާގެ ރިއަލިޓީ ޓީވީ ތަރި އުރުފީ ޖާވިދު ތަފާތު ހެދުމެއް ލައިގެން އަނެއްކާވެސް ސޯޝަލް މީޑިއާގައި މީހުންގެ ސަމާލުކަން ހޯދައިފި އެވެ.

އުރުފީ ލާ ހެދުންތަކަކީ ތައްޔާރުކޮށްފައި ހުންނަ ގޮތުންނާއި ނިވާކަން ކުޑަކަމުން ބައެއް ފަހަރު މީހުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވާ އެއްޗެކެވެ. ފާދުކިޔުމާއި އެއްވަރަށް ބައެއް ފަހަރު އުރްފީގެ ހެދުންތަކަކީ މީހުން ބަލަން ޝައުގުވެރިވެ ތައުރީފު ކުރާ ހެދުންތަކަކަށްވެސް ވެފައި އެބަހުއްޓެވެ.

Advertisement

މިފަހަރު އޭނާ އާންމުންގެ ސަމާލުކަން ހޯދީ އުކާލާ އަނބު އޮށް ބޭނުންކޮށްގެން ހެދުމެއްް ތައްޔާރު ކުރުމުންނެވެ. އުރްފީ މީޑިއާގައި ބުނީ މި ހެދުމުގައި އަނބު އޮށް ބޭނުން ކޮށްފައިވަނީ އިންޑިއާގެ އަނބު މޫސުން ނިމުން ފާޙަގަ ކުރުމުގެ ގޮތުން ކަމަށެވެ.

ހެދުން ތައްޔާރު ކުރިގޮތް ކިޔައި ދެމުން އޭނާ ބުނީ އަނބު ކެއުމަށް ފަހު ބާކީވި އޮށްތައް ރަނގަޅަށް ދޮވެ ހިއްކުމަށް ފަހު އައި ޝެޑޯ ޕެލެޓެއް ބޭނުންކޮށް ކޮންމެ އޮށެއް ވައިބްރެންޓް ފިޔާތޮށި ކުލައިން ކުލަ ޖެއްސީ ކަމަށެވެ. އެއަށް ފަހު ކުލަ ޖެއްސި އޮށްތައް މާ ބައްޓަމަށް ތަރުތީބުކޮށް ކަޅު ކުލައިގެ ސްޓްރެޕްލެސް ހެދުމެއްގައި ހަރުކުރި ކަމަށް ބުންޏެވެ. އންމެ ފަހު ކަމަކަށް ފެހި ކުލައިން ކުލަ ޖެއްސި އޮށެއް ފަތެއް ގޮތަށް މާތައް ދަށުގައި ހަރު ކުރީ ކަމަށް ބުންޏެވެ.

އުރްފީ ބުނީ އެ ހެދުމަކީ ބަލާ ބެލުމަަށް ވަރަށް އާދައުގެ ރީ ހެދުމެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

މީގެ ކުރިންވެސް އުރްފީ ވަނީ ބޮކި ބައްޓަމުގެ މިނީ ހެދުމެއް ތައްޔާރުކޮށް ވައިރަލް ވެފައެވެ.

އެ ހެދުމުގައި އެކި ސައިޒުގެ މުތީ ކަހަލަ ދެފުށް ފެންނަ ބޮކިތައް ހަރުކޮށްފައި ހުރިއިރު ކޮންމެ ހަރަކާތަކާ އެކު ބޮކިތައް ވިދައި ބައުންސްވެ ސެލެބްރިޓީ ފެޝަންގައި އުރްފީގެ ތަފާތުކަން އަނެއްކާވެސް ދައްކައިދިނެވެ.

Advertisement

ކޮމެންޓް