Advertisement

ތިން މަސް ތެރޭ 20 ކިލޯ ލުއިކޮށްލެވިދާނެ މޮޅު ހަތް ގޮތެއް!

10 Jul 2026 | 11:19
--

ބަރުދަން ލުއިކުރުމުގެ ދަތުރުގައި ގިނަ ބަޔަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަކި ހިސާބަކުން ބަރުދަން ލުއިވުން ހުއްޓޭ ހުއްޓުމެވެ.

އެ ހިސާބުން ހިތްވަރު އެލޭ މީހުން ގިނައެވެ. ނަމަވެސް އިންޑިއާގެ މަޝްހޫރު ހެލްތު ކޯޗު އަދި ނިއުޓްރިޝަނިސްޓެއް ކަމަށްވާ އިޝާން ސަޗްދެވާ ވަނީ ތިން މަސް ދުވަހުގެ ތެރޭގައި 20 ކިލޯގްރާމާ ހަމައަށް ބަރުދަން ލުއިކުރެވިދާނެ ހަތް ކަމެއް ހިމެނޭ ޕްލޭނެއް ސޯޝަލް މީޑިއާގައި އާންމުންނާއި ހިއްސާކޮށްފައެވެ.

Advertisement

އިޝާން ހިއްސާކުރި ހަތް ފިޔަވަޅަށް ބަލައިލަމާ ހިނގާށެވެ. ފުރަތަމަ ކަމަކީ ކެލޮރީ ޑެފިސިޓެއް ކަނޑައެޅުމެވެ. އޭނާ ބުނީ ބަނޑަށް ހުރުމުގެ ބަދަލުގައި ދުވާލަކު އާންމުކޮށް ކާ ވަރަށްވުރެ ކުޑަކޮށް މަދުން ކެއުމެވެ.

ދެވަނަ ކަމަކީ ޕްރޮޓީން ގިނަ ކެއުމެއް ގެންގުޅުމެވެ. ޕްރޮޓީނުން ބަނޑުފުރިފައި ހުންނަ އިޙްސާސް ދެމެހެއްޓުމާ އެކު ފެޓް ވިރުވާއިރު ހަށިގަނޑުގެ މަސްތައް އެއް ހަމައެއްގައި ހުރުމަށް އެހީތެރިވެދޭނެއެވެ.

ތިންވަނަ ކަމަކީ ދުވާލަކު 8000 އާއި 12000 އާ ދެމެދު ހިނގާފައި ފިޔަވަޅު އެޅުމެވެ. ހިނގުމަކީ އެންމެ ދެރެކޮށް ބެލެވުނު ނަމަވެސް ވަރަށް ބާރުގަދަ ކަސްރަތެއް ކަމަށް އޭނާ ބުންޏެވެ.

ހަތަރުވަނައީ ހަފުތާއަކު ހަތަރު ނޫނީ ފަސް ވަރަކަށް ދުވަހު ސްޓްރެންތު ޓްރެއިނިން ހެދުމެވެ. މިއީ މަސް ބިނާކޮށް މެޓަބޮލިޒަމް އަވަސްކޮށް ފެޓް ވިރުވުމަށް އެހީތެރިވެދޭ ކަމެކެވެ.

ފަސްވަނަ ކަމަކަށް ފޮނި ބުއިންތަކާއި ކާބޮނޭޓެޑް ބުއިންތައް ފަދަ ދިޔާ އެއްޗެހި ބުއިން ހުއްޓައިލުމެވެ.

ހަވަނައަށް ކޮންމެ ދުވަހެއްގައި ވެސް ކެއުމުގެ ވަގުތާއި ނިދާ ވަގުތު އެއްގޮތަކަށް ބެހެއްޓުން ފަދަ ގަވާއިދުން ރޫޓީނެއް ހިފެހެއްޓުމެވެ.

އެންމެ ފަހު ކަމަކަށް ކޮންމެ ހަފުތާއަކު ގަވައިދުން މިކަންކަން ކުރުމުން ނުކުންނަ ނަތީޖާ ބެލުމެވެ. ކޮންމެ ދުވަހެއްގެ ބަރުދަނަށް ބެލުމުގެ ބަދަލުގައި ހަފުތާގެ ޓްރެންޑަށް ބެލުން މާ ރަނގަޅު ކަމަށް އިޝާން ލަފާ ދީފައިވެއެވެ.

މި ހުރިހާ ކަމެއްގައި ވެސް އެންމެ މުހިންމީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ. ބަރުދަން ލުއިވުން ހުއްޓޭ ފަހަރުތައް ދިޔަ ނަމަވެސް ހުއްޓައިނުލައި ކުރިއަށް ދިއުމަކީ ނަތީޖާ ފެންނާނެ ކަމެއް ކަމަށް އިޝާން ފާހަގަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް