Advertisement

މަރަދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލްކޮށްފި

10 Jul 2026 | 08:52
އަލިފާނުގެ ހާދިސާގައި ލިބިފައިވާ ގެއްލުން ފެންނަ މަންޒަރެއް - ފޮޓޯ: އެމްއެންޑީއެފް

އައްޑޫ ސިޓީ މަރަދޫ ގެއެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މަރަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މަރަދޫ "ޗަމަން" ގޭގައެވެ. ރޭ 20:06 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް މި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، މަރަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ. ގާތްގަނޑަކަށް ތިން ގަޑިއިރުގެ މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ރޭ 22:55 ހާއިރެވެ.

Advertisement

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

Advertisement

ކޮމެންޓް