Advertisement

ހުޅުމާލޭގައި ކުނި އުކާލުމުގެ މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީން ހައްޔަރުކޮށްފި

07 Jul 2026 | 15:34
ކުނި އުކައިދޭ މައްސަލައިގަ ހައްޔަރު ކުރި ދެ ބިދޭސީން -- ފޮޓޯ: ޕޮލިސް

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކުނި ނަގައިގެން އުކާލުމުގެ މަސައްކަތުގައި އަމިއްލައަށް ހަރަކާތްތެރިވަމުން ދިޔަ ދެ ބިދޭސީން ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގަ ފުލުހުން ހައްޔަރު ކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުންނެވެ. އެއީ އެމްޑީ މޮނިރް (39އ) އާއި އެމްޑީ ހަބީބު އުލާހް (43އ) އެވެ.

Advertisement

ފުލުހުން ބުނީ އެ ދެމީހުން ހައްޔަރު ކުރީ އިއްޔެ ހެނދުނު 8:45 ހާއިރު ހުޅުމާލެއިން ކަމަށެވެ. މި ދެ މީހުން ހިފަހައްޓާފައިވަނީ ކުނި އުފުލުމަށް ބޭނުންކުރި ޕިކަޕާއެކުއެވެ.

މީގެ ތެރެއިން މޮނިރް އަކީ “ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް” ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރުމުގެ ވިސާ އޮންނަ މީހެކެވެ. ހަބީބަކީ “އޭޔޫ ފެހުން” ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ވިސާ އޮތް މީހެކެވެ.

ގެނެސްފިއެވެ.

މި ދެ މީހުންނަކީ ރާއްޖޭގައި އަމަލުކުރަމުން އަންނަ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، ކުނި މެނޭޖުކުރުމުގެ ގާނޫނާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އިތުރުން ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ހުޅުމާލޭގައި އަމިއްލައަށް ކުނި ނަގައި އުކާލުމުގެ މަސައްކަތްކުރަމުން ދިޔަ ބައެކެވެ.

ފުލުހުން ވަނީ ހައްޔަރު ކުރުމަށް ފަހު އެ ދެމީހުން އިމިގްރޭޝަނާއި ހަވާލުކޮށްފައި އެވެ.

Advertisement

ކޮމެންޓް