ކައިވެންޏަށް ފަހު އާމިރުގެ ދެމަފިރިންގެ ފުރަތަމަ ފެނިލުން، އެންމެންގެ ލޯތަށް ގޯރީގެ އަނގޮޓިއަށް!
ބޮލީވުޑްގެ ބަތަލް އާމިރު ހާން, ލޯބިވެރިޔާ ގޯރީ ސްޕްރެޓާ އާއި ކައިވެނި ކުރި ފަހުން ދެމީހުންގެ އެކުގައި އާންމުނަންނަށް ފެނުނު ފުރަތަމަ ފަހަރު އެންމެންގެ ލޯތައް ގޯރީއަށް ހުއްޓިއްޖެ އެވެ.
އެ ދެމީހުން ކައިވެނި ކުރީ މިމަހުގެ ފަސް ވަނަ ދުވަހު މުމްބާއީގައި ހުންނަ އާމިރުގެ ގޭގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި އެވެ. އެ ހަފްލާގައި ބައިވެރިވީ ދެފަރާޓު އާއިލާ އާއި ރައްޓެހިންނާއި އެކު 150 އެއްހާ މީހުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކައިވެންޏަށް ފަހު ދެމީހުން އެކުގައި ބޭރަށް ނުކުތީ އިއްޔެ ހެނދުނު އެވެ. ވަރަށް އާދައިގެ ގޮތަކަށް ހެދުން އަޅާލައިގެން ދެމީހުން ތަނަކަށް ދާން ނުކުމެ ތިބި އިރު ގޯރީގެ އަތުގައި އަޅާފައިވާ އަނގޮޓި ފެންނާނެހެން ގޯރީ އަތް ގެންގުޅެފައިވާ ކަމަށް މީޑިއާގައި ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި ބުނެފައިވާގޮތުގައި އާމިރު ކައިވެނީގައި ދިން އަގޮޓީގެ އަގާއި މޮޅުކަން ނޭނގުނަސް މިއީ ގޯރީއަށް އޭނާ ދިން ދެ ވަނަ އަނގޮޓި އެވެ. ކައިވެނީގެ ކުރިން ދިން އަނގޮޓިއަކީވެސް ވަރަށް އަގުބޮޑު އަނގޮޓިއެކެވެ.
އާމިރު މިފަހަރު ކައިވެނި ކުރި ގޯރީ އަކީ ވިޔަފާރިވެރި އެކެވެ. އަދި އޭނާ އަކީ ޓަމިލް ނާޑުގައި އިނގިރޭސިން ވެރިކަން ކުރުމާއި ގުޖުރާތުގައި އައިރިސް އަތްގަދަކޮށްގެން އުޅުނު ދުވަސްވަރު އުފެދުނު އާއިލާއަކަށް ނިސްބަތްވާ ބެންގަލޫރޫއަށް އުފަން މީހެވެ.
އާމިރު ހާނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ދެމީހުންގެ ގުޅުން ލޯތްބައް ބަދަލުވީ 25 އަހަރަށް ފަހު 2024 ވަނަ އަހަރު ބައްދަލުވި ހިސާބުންނެވެ. ރަސްމީކޮށް ލޯބިވެރިޔާގެ ގޮތުގައި ގޯރީ ނޫސްވެރިންނަށް ތައާރަފުކޮށްދިނީ މިދިޔަ އަހަރު ފާހަގަ ކުރި އާމިރުގެ 60 ވަނަ އުފަން ދުވަހު އެވެ.
އާމިރާ މީގެ ކުރިން ދެ ކައިވެނި ކޮށްފައިވަނީ ރީނާ ދުއްތާ އާއި ކިރަން ރާއޯ އާއި އެވެ. އެ ކައިވެނިތަކަށް ތިން ކުދިން އެބަތިއްބެވެ.
ގޯރީވެސް މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާއިރު އެ ކައިވެންޏަށް ދަރިއަކު ހުރެ އެވެ.