Advertisement

ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތަކަށް ސަޕްރައިޒް 50,000 ރުފިޔާ ލިބުމުގެ ފުރުޞަތު

04 Jul 2026 | 18:16
-

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ގެ ފަހު ދުވަހާ ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ސްޕޮންސަރ ކޮށްގެން 50,000 ރުފިޔާގެ ސަޕްރައިޒް ގްރޭންޑް ޕްރައިޒެއް ހުށަހަޅައިފިއެވެ.

އެމްއައިބީން ބުނީ މިއަދު އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް މި އިނާމު ލިބޭނެ ކަމަށެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާ މި އެކްސްޕޯ ނިމޭނީ މިއަދެވެ.

Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ 45 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޖުލައި ދޭކުން ހަތަރެއް އަށް ބާއްވާ މި އެކްސްޕޯ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ބުދަ ދުވަހުއެވެ. ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި މާލީ އިދާރާތަކާއި ފިންޓެކް ޚިދުމަތްދޭ ފަރާތްތައް ހިމެނޭހެން 38 އެގްޒެބިޓަރުން ބައިވެރިވާ މި މައުރަޒަކީ ނުވަ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ މައުރަޒެކެވެ.

އެމްއައިބީގެ 50,000 ރުފިޔާގެ އިނާމުގެ އިތުރުން ވެސް މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގިނަ އިނާމުތަކެއް ލިބުމުގެ ފުރުޞަތު ވަނީ ހުޅުވައިލައިފައެވެ. އެގޮތުން ބީއެމްއެލުން 25,000 ރުފިޔާގެ ގްރޭންޑް ޕްރައިޒެއް ހުށަހަޅާފައިވާ އިރު، ދުވާލަކު ފަސް އެޕަލް އައިޕެޑާއި އެމްއެމްއޭ އިން ދުވާލަކު ހަތް ހަނދާނީ 5,000 ރުފިޔާގެ ނޫޓު ލިބުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ.

ތިން ދުވަހުގެ މި އެކްސްޕޯގައި މާލީ ދާއިރާއަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި ޕެނަލް މަޝްވަރާތަކުގެ އިތުރުން ލައިވް މިއުޒިކް ޝޯތަކާއި ބޮޑުބެރު ހަރަކާތްތައް ވެސް ކުރިއަށް ގެންދެއެވެ. މިރޭ 22:00 ގައި ހަވާ އެރުވުމުގެ ހަރަކާތެއް ވެސް ބާއްވާނެއެވެ.

Advertisement

ކޮމެންޓް