Advertisement

ކުޑަކުއްޖަކު ދުއްވި ވެހިކަލަކުން ޖެހި ތައިލެންޑުގައި 10 ހާމުދުރަކު މަރުވެއްޖެ

04 Jul 2026 | 11:33
-

ތައިލެންޑުގެ މުކްދާހާން ޕްރޮވިންސްގައި 11 އަހަރުގެ ކުއްޖަކު ދުއްވި ޕިކަޕް ޓްރަކެއް، އަޅުކަމުގެ ހިނގުމެއްގައި ދިޔަ ހާމުދުރުންތަކެއް ގައިގައި ޖެހި 10 ހާމުދުރަކު މަރުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި 35 ހާމުދުރުންނާއި ފަސް ފޮލޯވަރުން ހިމެނޭ ގޮތަށް މުކްދާހާން ޕްރޮވިންސުން އުބޮން ރެޗަތާނީ ޕްރޮވިންސަށް ދަތުރުކުރަމުން ދިޔަ ގްރޫޕެއް މަގުގެ އެއް ފަރާތުގައި ސަފަކަށް ހިނގާފައި ދަނިކޮށް ޓްރަކް އައިސް ސަފު ތެރެއަށް ވަނީއެވެ. ފަސް ހާމުދުރުން ހާދިސާ ހިނގި ތަނުގައި މަރުވިއިރު، އިތުރު ފަސް ހާމުދުރުން މަރުވީ ހޮސްޕިޓަލުގައެވެ. 10 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ އިރު، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް މުކްދާހާން ހޮސްޕިޓަލުން ބުނެއެވެ.

Advertisement

ފުލުހުން ބުނީ 11 އަހަރުގެ ކުއްޖާ، މައިންބަފައިންގެ ހުއްދައާ ނުލައި ޕިކަޕް ޓްރަކް ނެގުމަށް ފަހު ގާތްގަނޑަކަށް 10 ކިލޯމީޓަރު ދުއްވާފައި ގޮސް ހާމުދުރުންގެ ސަފުގައި ޖެހުނީ ކަމަށެވެ. ފުލުހުން އިތުރަށް ބުނީ ކުއްޖާ އަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށެވެ. ތައި ޤާނޫނުގައި 12 އަހަރުން ދަށުގެ ކުދިންނަށް ޖިނާއީ ޒިންމާ ނެތުމުން، ކުއްޖާ ވަނީ ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރުންނާ ހަވާލުކޮށްފައެވެ.

ހާދިސާ ހިނގި ސީސީޓީވީ ފުޓެޖުން ފެންނަ ގޮތުގައި ހާމުދުރުން މަގުގެ އެއް ފަރާތުން ހިނގާފައި ދަނިކޮށް ބާރު ސްޕީޑުގައި އައި ޓްރަކް ސަފު ތެރެއަށް ވަދެގެން ދިޔައީއެވެ. 

Advertisement

ކޮމެންޓް