Advertisement

ވެނެޒުއެލާގެ ބިންހެލުމާ ގުޅިގެން އިންޑިއާއިން އެހީގެ އޮޕަރޭޝަނެއް ފަށައިފި

28 Jun 2026 | 10:55
-

ވެނެޒުއެލާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން "އޮޕަރޭޝަން އަމިސްތާދު" ގެ ނަމުގައި އިންސާނީ އެހީގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަނުގެ ދަށުން، އިންޑިއާގެ ވައިގެ ސިފައިންގެ ދެ ސީ-17 ގްލޯބްމާސްޓާ މަތިންދާބޯޓު ވަނީ ހުކުރު ދުވަހުގެ ހެނދުނު ވެނެޒުއެލާއަށް ދިއުމަށް ފުރާފައެވެ.

Advertisement

މި ބޯޓުތަކުގައި 30 ޓަނުގެ އެހީގެ ސާމާނާއި، 6 ޓަނުގެ ބޭހާއި މެޑިކަލް އިކުއިޕްމަންޓްގެ އިތުރުން 2 މޯބައިލް ހޮސްޕިޓަލް ހިމެނެއެވެ. މީގެ އިތުރުން، ބިންހެލުމުގައި އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށްޓަކައި 41 މެންބަރުންގެ މެޑިކަލް އަދި ރެސްކިއު ޓީމެއް ވެސް ވަނީ ފޮނުވާފައެވެ.

އިންޑިއާގެ ޚާރިޖިއްޔާއިން ހާމަކުރި ގޮތުގައި، މި އުނދަގޫ ދަނޑިވަޅުގައި އިންޑިއާ އޮތީ ވެނެޒުއެލާގެ ރައްޔިތުންނާ އެކުގައެވެ.

Advertisement

ކޮމެންޓް