Advertisement

ދިރާގުން 'ފޯރި ލަކީޑްރޯ' ފަށައިފި، ފައިނަލްގައި 65 އިންޗީގެ ސްމާޓް ޓީވީއެއް

22 Jun 2026 | 09:39
-

ފުޓްބޯޅަ މޫސުމާ ދިމާކޮށް، ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ހާއްޞަކޮށްގެން 'ފޯރި ލަކީޑްރޯ' ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ، މި ޕްރޮމޯޝަނުގައި ފުޓްބޯޅަ މުބާރާތުގެ ކޮންމެ ރައުންޑެއް ނިމުމުން ގުރުއަތުލުމެއް ބާއްވައި، ނަސީބުވެރިންނަށް އަގުހުރި އިނާމުތައް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން 32 ވަނަ ރައުންޑުގައި 32 ނަސީބުވެރިއަކަށް 100 ޖީބީ ޑޭޓާ، 16 ވަނަ ރައުންޑުގައި 16 ނަސީބުވެރިއަކަށް ޖޭބީއެލް ޓިއުން 730ބީޓީ ހެޑްފޯން، ކުއާޓަރ ފައިނަލުގައި އަށް ނަސީބުވެރިއަކަށް ޖޭބީއެލް ކްލިޕް 5 ސްޕީކަރ، ސެމީ ފައިނަލުގައި ހަތަރު ނަސީބުވެރިއަކަށް ނެސްޕްރެސޯ ކޮފީ މެޝިން، އަދި ފައިނަލުގައި އެއް ނަސީބުވެރިއަކަށް 65 އިންޗީގެ ޓީސީއެލް 4ކޭ ސްމާޓް ޓީވީއެއް ލިބޭނެއެވެ.

Advertisement

މި ލަކީޑްރޯގައި ބައިވެރިވެވޭނީ ދިރާގު އެޕުގައިވާ 'ޖެހީ ލިބުނީ' އިން ސަޕޯޓުކުރާ ޓީމެއް އިޚުތިޔާރުކުރުމަށް ފަހު، ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ ޕްލޭނަކަށް އަލަށް ސަބްސްކްރައިބް ކޮށްގެން ނުވަތަ މިހާރުގެ ޕްލޭން އެ ފެންވަރަށް އަޕްގްރޭޑް ކޮށްގެންނެވެ. އޭގެ އިތުރުން، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން 100 ރުފިޔާ އިން މަތީގެ އެޑް-އޮން ނުވަތަ ބޫސްޓަރ އެކްޓިވޭޓް ކޮށްގެން ވެސް ބައިވެރިވެވޭނެއެވެ. ލިމިޓެއް ނެތް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖާއި މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަނަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނާއި ޑިޖިޓަލް ޚިދުމަތްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވެސް މި ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

Advertisement

ކޮމެންޓް