ދިރާގާއި ވަށްމާފުށީގެ ޒިޕްލައިން ގިވްއަވޭގެ ނަސީބުވެރިން ހޮވައިފި
ދިރާގާއި ވަށްމާފުށި ގުޅިގެން ކުރިއަށްގެންދިޔަ "ވަށްމާފުށި ޒިޕްލައިން އެޑްވެންޗަރ" ގިވްއަވޭގެ ނަސީބުވެރި ތިން ފަރާތް ހޮވައިފިއެވެ.
ގުރުއަތުން ހޮވުނު ތިން ފަރާތުގެ ނަން ދިރާގުން އިއުލާންކުރީ 16 ޖޫން 2026 ގައި އެ ކުންފުނީގެ މީސްމީޑިއާގައެވެ.
ނަސީބުވެރިންނަކީ @Salwakamari_ އާއި @Hamdhoon.ibraahim ގެ އިތުރުން @She.Hero އެވެ.
މި ހަރަކާތް ކުރިއަށްދިޔައީ 28 އޭޕްރިލް އިން 31 މެއި 2026 އަށެވެ. މި ފުރުސަތުގެ ދަށުން ހޮވުނު ތިން ފަރާތަށް ރާއްޖޭގެ ފުރަތަމަ ޒިޕްލައިން ހިލޭ ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. ކޮންމެ ނަސީބުވެރިއަކަށްވެސް އިތުރު އެކަކާ އެކު މި ތަޖުރިބާގައި ބައިވެރިވެވޭނެއެވެ.
ދިރާގުން ބުނީ ދާދި ފަހުން ވަށްމާފުށި ވަނީ ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ރަސްމީކޮށް ހަމަޖައްސައިފައި ކަމަށެވެ. މި ޕާޓްނަޝިޕްގެ ދަށުން ދިރާގުގެ އެލީޓް މެންބަރުންނަށް ވަށްމާފުށީގެ ޚިދުމަތްތަކުން %5 ޑިސްކައުންޓް ލިބޭނެއެވެ. އަދި އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗަރއިން %10 ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބުކިން ހަދާއިރު ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. އެ ކުންފުނިން ބުނީ އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، ކަސްޓަމަރުންނާ އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި އެލީޓް ޕާޓްނަރުންނާ ގުޅިގެން މިފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ދިރާގުން ބުންޏެވެ.