Advertisement

ފިލިޕީންސަށް 7.8ގެ ބިންހެލުމެއް - ހަތަރު މީހަކު މަރުވެ ސުނާމީގެ އިންޒާރު

08 Jun 2026 | 10:11
ފިލިޕިންސަށް އައި ބިންހެލުމާއި ގުޅޭ ބައެއް މަންޒަރުތައް - ފޮޓޯ: ނިކެއި އޭސިއާ

ދެކުނު ފިލިޕީންސްގެ ކަނޑުއަޑިއަށް ހެނދުނު އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން ހަތަރު މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ އެއް މީޓަރުގެ ސުނާމީއެއް އައިސްފިއެވެ.

ބިންހެލުމުގެ މަރުކަޒަކީ 700000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ޖެނެރަލް ސެންޓޯސް ސިޓީއާ 13 ކިލޯމީޓަރު ދުރު ކަނޑުގެ ސަރަހައްދެކެވެ. ސިވިލް ޑިފެންސްގެ ރީޖަނަލް ޑައިރެކްޓަރު އޭޕީ އަށް ބުނީ އެ ސިޓީން ތިން މީހުން މަރުވެ 130 މީހުންނަށް އަނިޔާވި ކަމަށެވެ. ހެލްތު ޑިޕާޓްމަންޓުން ބުނީ ދާވާއޯ އޮރިއެންޓަލް ޕްރޮވިންސުން އިތުރު މީހަކު މަރުވި ކަމަށެވެ. ބައެއް އިމާރާތްތައް ބައިބައިވެ މުހިންމު ބްރިޖަކަށް ގެއްލުންވީ އިރު ޖެނެރަލް ސެންޓޯސް އެއާޕޯޓް ވަގުތީ ގޮތުން ބަންދުކޮށް 17 ފްލައިޓް ކެންސަލްކުރިއެވެ.

Advertisement

ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ވަނީ ސުނާމީގެ ނުރައްކާ އޮތް ސަރަހައްދުތަކުގެ ރައްޔިތުން އުސް ތަންތަނަށް ދިޔުމަށް އިލްތިމާސްކުރައްވައިފައެވެ. އިންޑޮނީޝިޔާ އާއި މެލޭޝިޔާއިން ވެސް ސުނާމީ އިންޒާރު ނެރުނެވެ. ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނީ ބިންހެލުމުގެ ފަސް ގަޑިއިރު ފަހުން ސުނާމީގެ ބޮޑު ނުރައްކާ ފިލައިގެން ދިޔަ ކަމަށެވެ.

ބިންހެލުމުގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް - ވީޑިއޯ: އޭޕީ 

Advertisement

ކޮމެންޓް