Advertisement

ކުރީގެ ހެލްތު މިނިސްޓަރު ނާޒިމަށް ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމެއް

05 Jun 2026 | 19:29
-

ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، މިނިސްޓަރުގެ ފެންވަރުގައި އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ދައްކާ ގޮތުގައި ނާޒިމް އެ މަގާމަށް އައްޔަންކުރެއްވީ މި ހަފުތާގެ ތެރޭގައެވެ. ނާޒިމް ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް 14 ވަނަ ދުވަހުއެވެ.

Advertisement

މި ސަރުކާރާ އެކު ނާޒިމް އެންމެ ފުރަތަމަ ވެސް އައްޔަންކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީއަށެވެ. އެއަށް ފަހު ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު ސެޕްޓެމްބަރު 30، 2024 ގައި ހެލްތު މިނިސްޓަރަކަށް އައްޔަންކުރެއްވީއެވެ.

އޭޕްރީލް ހައެއްގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު، ކަންކަން ހަރުދަނާކުރެއްވުމަށް ކަމަށް ވިދާޅުވެ 10 މިނިސްޓަރަކު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް މިހާރު ވަނީ އައު މަގާމުތައް ދެއްވައިފައެވެ. އެ ގޮތުން ކުރީގެ ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ޤަޠަރު ސަފީރަކަށް، އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހީމް ޔޫއޭއީ ސަފީރަކަށް އައްޔަންކުރެއްވުމަށް މަޖިލީހަށް ފޮނުއްވައިފައިވެއެވެ.

Advertisement

ކޮމެންޓް