Advertisement

މާލޭގައި އަނބިމީހާ ލައްވައި ހަށި ވިއްކުވި ބިދޭސީއަކު ހައްޔަރުކޮށްފި

04 Jun 2026 | 20:27
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މާލޭގައި އަނބިމީހާ ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ރައްޔިތަކު ހައްޔަރުކޮށް 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ގ. ހުރަސްފަރު 3 ގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ނަހީދުލް އިސްލާމް، 30 އެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މީހުން ޓްރެފިކްކުރުމެވެ.

Advertisement

މައްސަލައިގެ ތަޙުޤީޤީ އޮފިސަރު (އައިއޯ) ފާހަގަކުރެއްވި ގޮތުގައި، ނަހީދުލް އިސްލާމް ދިރިއުޅޭ ކޮޓަރީގައި އޭނާގެ އަނބިމީހާ ލައްވައި ޖިންސީ ޚިދުމަތް ދިނުމުގެ ކަންކަން ކުރުވާ ކަމަށް އެ އަންހެން މީހާގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ.

ކޯޓުން ނަހީދުލް އިސްލާމް 10 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރީ ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީއެވެ. މި އަމުރު ނެރުއްވީ ޤާޟީ އިބްރާހީމް ޛިހުނީއެވެ.

Advertisement

ކޮމެންޓް