Advertisement

ފިޠުރު ޢީދާއި އަޟްޙާ ޢީދު ފާހަގަކުރުމުގެ ޤައުމީ ޕްލޭނެއް އެބަ އެކުލަވައިލަން: އިސްލާމިކް މިނިސްޓްރީ

04 Jun 2026 | 16:01
މި އަހަރުގެ ޢީދު ނަމާދުގެ ތެރެއިން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކޮންމެ އަހަރަކު ވެސް ފިޠުރު ޢީދާއި އަޟްޙާ ޢީދު މާލެއާއި އަތޮޅުތަކުގައި ފާހަގަކުރުމުގެ ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ 1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ރާވައި ހިންގުމަށް މި ޕްލޭން ބޭނުންކުރާނެ ކަމަށެވެ. މި މަސައްކަތް ކުރަމުން ދަނީ ވުޒާރާގެ ޚާއްޞަ ކޮމިޓީއަކުންނެވެ.

Advertisement

މި ޕްލޭނުގެ ދަށުން ކައުންސިލްތަކާ މަޝްވަރާކޮށް، އަތޮޅުތަކުގައި ހަރަކާތްތެރިވާ އިސްލާމީ ޚިދުމަތްދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. ވަކިން ޚާއްޞަކޮށް ސިޓީތަކުގައި ޢީދު ފާހަގަކުރުމުގައި މުހިންމު އިވެންޓްތަކެއް ވެސް ރާވާ ގޮތަށް ޕްލޭނުގައި ހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ކަމުގައި ސަޤާފަތާ ބެހޭ ވުޒާރާއާ ވެސް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް