Advertisement

މެންބަރުން ހަމަނުވެގެން ދަ ޑިމޮކްރެޓްސް ވެސް އުވާލައިފި

03 Jun 2026 | 18:08
ދަ ޑިމޮކްރެޓްސްގެ ކެމްޕޭނެއްގައި ރައީސް ނަޝީދު - ފައިލް ފޮޓޯ: ދުވަސް

ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ ޢަދަދު ހަމަނުވުމުން، ދަ ޑިމޮކްރެޓްސް އުވާލައި ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައި ނުވާތީ، މިއަދުން ފެށިގެން އެ ޕާޓީ ވަނީ އުވާލައިފައެވެ. މިއީ މިއަދު އުވާލި ދެވަނަ ސިޔާސީ ޕާޓީއެވެ. މީގެ ކުރިން މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) ވެސް ހަމަ މި ސަބަބާ ހެދި މިއަދު ވަނީ އުވާލައިފައެވެ.

Advertisement

ދަ ޑިމޮކްރެޓްސް އަކީ 2023 ވަނަ އަހަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން، އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދަށް ތާއީދުކުރި ފެކްޝަނުން އުފެއްދި ޕާޓީއެކެވެ. އެ ޕާޓީން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލްޔާސް ލަބީބު ކެންޑިޑޭޓެއްގެ ގޮތުގައި ނެރެ، ފުރަތަމަ ބުރުގައި %7.18 ވޯޓު ހޯދައިފައެވެ. ނަމަވެސް 2025 ވަނަ އަހަރު ޕާޓީގެ ބައެއް އިސް ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވެއެވެ. މި އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ޕާޓީގެ މެންބަރުންގެ ޢަދަދު ހުރީ 2952 ގައެވެ.

Advertisement

ކޮމެންޓް
ދަނޑިމުކޮސް
ތިޔަ ފެނުނީ ސައިޒް. ނޯސައިޒް. ކެކެކެކެ
03 Jun 2026